ދިވެހިރާއްޖެ
އެކި ބާވަތުގެ ތަކެތި ރާއްޖޭގައި ބޭނުންކުރުމަށް ނުވަތަ ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުމަށް އުފައްދާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް އިން ވަނީ ފައްޓަވާފައެވެ. ވީމާ، ނެއްލައިދޫގައި ތަކެތި އުފައްދާ ފަރާތްތަކުގެ ދަފްތަރުގައި ހިމެނުމަށް މަޢުލޫމާތު ހުށަހެޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2024 އޮގަސްޓު 14 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން : https://forms.office.com/r/zZKsirnGnW މި ލިންކް މެދުވެރިކޮށް މަޢުލޫމާތު ހުށަހެޅުމަށް އާންމުކޮށް ހުޅުވާލަމެވެ. މިކަމާގުޅޭ މަޢުލޫމާތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ އިއުލާން ނަންބަރު: (IUL)101-BR/1/2024/72 ގެޒެޓް ލިންކް: https://gazette.gov.mv/iulaan/300748 ލިބެން ހުންނާނެއެވެ.
ވީމާ، ނެއްލައިދޫގައި އެކި ބާވަތުގެ ތަކެތި އުފައްދާ ފަރާތްތަކުން މަތީގައިވާ ލިންކް މެދުވެރިކޮށް އެދިލައްވާފައިވާ މަޢުލޫމާތު 2024 އޮގަސްޓު 14 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ހިއްސާކުރެއްވުން އެދެމެވެ.