ދިވެހިރާއްޖެ
އަންދާސީހިސާބު ހޯދުމަށް އެދި
ރާއްޖޭގައި އުޅޭ ފާނައިގެ އާބާދީ ޙިމާޔަތްކުރުމަށްޓަކައި މެރިން ރިސާރޗް ސެންޓަރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ފާނަބިސް ދޫކުރަން ޖަމާވާ 5 ސަރަޙައްދެއް މިހާރު ވަނީ ޙިމާޔަތްކޮށްފައެވެ. އަދި މި ސަރަޙައްދުތައް ގަވާއިދުން މޮނިޓަރކޮށް، ޖަމާވާ ފާނައިގެ ސައިޒާއި ބާވަތްތަކަށް އަންނަ ބަދަލު މޮނިޓަރ ކުރުމުގެ ގޮތުން 5 (ފަސް) ސަރަޙައްދެއް އިތުރަށް ދެނެގަތުމަށްޓަކައި އެ ސަރަޙައްދުތަކުގެ ބެތިމެޓްރީ ސަރވޭ ހެދުމަށް ކުރެވުނު އިޢުލާން ނަންބަރު IUL)30-C/1/2015/68) އާ ގުޅިގެން މަޢުލޫމާތު ބައްދަލުވުމަށް އެކަށީގެންވާވަރަށް ބޭފުޅުން ހާޒިރުވެފައިނުވާތީ، މިއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މިމިނިސްޓްރީއަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިއޮފީހަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެންދެއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުއްވުމަށް |
މަޢުލޫމާތު ސާފުކުރެއްވުމަށް |
11 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް |
07 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 10:00 އަށް |
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339211 / 3322242 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.