ދިވެހިރާއްޖެ
ކައުންސިލް އިދާރާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން
މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކައުންސިލް އިދާރާ މަރާމާތު ކޮށްދޭން ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަމުގައި ރަޖިސްޓްރީވުން
މި މަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު މި އިދާރާއަށް ހުށަހަޅުއްވާ ރަޖިސްޓްރީވެލައްވަން ޖެހޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް އީމެއިލް[email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
- 05 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ 18:00 އިން
- 12 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް
މަޢުލޫމާތު ދިނުމާއި ސައިޓް ބެލުން
- 14 އޮގަސްޓް 2024 ވާ ބުދަ ދުވަހު 11:30 ގައި ފީވަކު ކައުންސިލް އިދާރާގައެވެ.
ބީލަން ހުށަހެޅުން
- 25 އޮގަސްޓް 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގައި
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަންތައް އަދި އީމެއިލް ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. މީގެއިތުރުން މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލްކުރެވޭނެއެވެ. އަދި ސައިޓް ބެލުމައް ހާޒިރުނުވާ ބޭފުޅުން ހުށައަޅާ ބީލަންތައް ބާޠިލްކުރެވޭނެއެވެ.
މި ބީލަމުގައި ބައިވެރިވެލެއްވޭނީ ޤާނޫން ނަންބަރު: 2024/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން) އާއި، ޤާނޫން ނަންބަރު: 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.