އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށައެޚުމުގެ ދައުވަތު
- އދ. ފެންފުށީ ފާމަސީ ހިނގި އިމާރާތާއި ގޯތި 20 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު (IUL)355-ESMS/355/2023/2 އިއުލާނާއި ގުޅިގެން ހުށައެޅުނު އަންދާސީ ހިސާބުތައް ޝަރުތު ހަމަނުވާތީ އެއިއުލާން ބާޠިލްކޮށް އަލުން ބީލަން ހުށައެޅުމަށް ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މިއިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ "ބިޑް ރެޖިސްޓްރޭޝަން ފޯމް" ފުރިހަމަކުރެއްވުމަށްފަހު ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ރަޖިސްޓްރީ ނަންބަރާއިއެކު 24 ގަޑިއިރުގެ ތެރޭގައި މެއިލްކުރެވޭނެއެވެ. ބީލަމުގައި ބައިވެރިވިކަން ޔަގީންކުރަންވާނީ ރަޖިސްޓްރީނަންބަރު ލިބުމުންނެވެ.
- ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުގެ ތާރީހަކީ 11 އޮގަސްޓް 2024 އާދީއްތަ ދުވަހުގެ 13:00އެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެވާހަކަ ބީލަންވެރިންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
- މި އިއުލާން އާއި ގުޅިގެން މައުލޫމާތު ދިނުމުގެ ބައްދަލުމެއް ނޯންނާނެއެވެ.
- ބީލަން ހުޅުވުން އޮންނާނީ 15 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މިކައުންސިލްގެ މީޓިންރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން ހުޅުވަން ކަނޑައެޅިފައިވާ ވަގުތާއި ތާރީޚް އަދި ބީލަން ހުށައަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދި ފޯމް ހުށައަޅައި ބީލަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮއްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
- ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 14 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް ކުރައްވަންވާނެއެވެ.
އދ. ފެންފުށީ ކައުންސިލްގެ އިދާރާ
އަމީނީމަގު، އދ. ފެންފުށި
ފޯން: 6680539
އީމެއިލް: [email protected]
04 އޮގަސްޓް 2024
04 އޮގަސްޓް 2024
ހޯދާ