އިޢުލާން
ހިމަންދޫ ފުޓްސަލް ދަނޑު މަރާމާތު ކުރާނެ ފަރާތެއް ބޭނުންވެއްޖެ
|
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ޝީޓާއި އެއްގޮތައް ހިމަންދޫ ފުޓްސަލް ދަނޑު މަރާމާތު ކޮށްދޭނޭ ބަޔަކު ބޭނުންވެއްޖެ
ބީލަމަށް ރަޖިސްޓްރީކުރުން
|
- މި މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 08 އޮގަސްޓް 2024 ވާ ބްރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރަންވާނެއެވެ. ބިޑު ރަޖިސްޓަރ ކުރެއްވުމަށް މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ އާއްމު މަޢުލޫމާތު ޝީޓު ފުރިހަމަ ކޮށް މިއިދާރާގެ [email protected] އީމެއިލް އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ ކައުންސިލް އޮފިސަރ އަލްފާޟިލް ފަރްޙަތު އިބްރާހީމް 9880254 އަށް ގުޅުއްވައި އާއްމު މަޢުލޫމާތު ސީޓުގައިވާ މަޢުލޫމާތު ހިއްސާ ކުރެއްވުން އެދެމެވެ.
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން
|
- ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 11 އޮގަސްޓް 2024 ވާ އާދިއްތަ ދުވަހުގެ 12:00 ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމާއި ސައިޓް ދެއްކުން އޮންނާނެއެވެ.
|
ބީލަން ހުށައެޅުން
|
- ބީލަން ހުޅުވުން އޮންނާނީ 14 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ 13:40 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
- ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 ބީލަމެވެ.
|
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
1 ސަފަރު 1446ހ.
05 އޮގަސްޓް 2024މ.