މަޤާމް:
|
ސަޕޯޓް ސަރވިސް އޮފިސަރ 02 (ފަޅުވެރި)
|
ރޭންކް:
|
CS-SS2
|
ކްލެސިފިކޭޝަން:
|
އޮޕަރޭޝަނަލް ސިވިލް އޮފިސަރސް
|
މުސާރަ:
|
މަހަކު4,170/- ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 3500/- ރުފިޔާ
|
ނޮން ޕްރެކްޓިސް އެލަވަންސް:
|
މަހަކު 1876/45 ރުފިޔާ
|
ބޭނުންވާ އަދަދު:
|
01
|
މަސައްކަތް ކުރަންޖެހޭ ތަން:
|
މާފުށި ޖަލު
|
މަޤާމުގެ ޤިންތި:
|
ދާއިމީ
|
ފެންވަރު ނުވަތަ ޝަރުތު:
|
މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރާއިޤާބިލްކަން ސާބިތުކޮށްދިނުމާއެކު،
- ދިވެހިބަހުން ލިޔަން ކިޔަން އެނގޭ މީހެއް ކަމުގައި ވުން.
- އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަން ، ޓެކުން، މަކަރާއި ޙީލަތް، މަސްތުވާ ތަކެތި ބޭނުން ކުރުން، ނުވަތަ މަސްތުވާ ތަކެތި ވިޔަފާރި ކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 05 އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
- އެއްވެސް އިރެއްގައި މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާ ފަރާތަކަށް ނުވުން.
- މީލާދީ ގޮތުން 18 އަހަރު ފުރި 45 އަހަރު ނުވާ މީހެއް ކަމުގައި ވުން.
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- އެއްތަނުން އަނެއްތަނަށް ކުރަންޖެހޭ ދަތުރުތައް ކުރުމަށްޓަކައި، އަންގާ ގަޑިއަކަށް ފުރޭގޮތަށް ޖަލު ދޯނި ތައްޔާރުކޮށް، އެގަޑިއަކަށް ދޯނި ފުރުމުގެ އެންމެހާ ކަންކަން ކުރުން
- ދަތުރު މަތީގައާއި ފަޅުގައި އަޅާފައި އޮންނަ ވަގުތުތަކުގައި ޖަލު ދޯނި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ދޯނީގައި ހުންނަންޖެހޭ ތަކެތި އަބަދުވެސް ހަމަކޮށް އެތަކެތި މެއިންޓެއިންކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން
- ޖަލު ދޯނީގައި ކުރެވެންހުރި ކުދިކުދި މަރާމާތުތައްކޮށް ދޯނި ރައްކާތެރިކަމާއި އެކު ބެލެހެއްޓުން
- ދަތުރަށް ފުރުމުގެ ކުރިން ދަތުރަށް ބޭނުންވާވަރަށް ތެލާއި ފެން ހުރިތޯ ޔަޤީން ކުރުމަށްފަހު، ދޯނީގެ އިންޖީނުގައި މައްސަލައެއް ހުރިތޯ ބަލައި ޗެކްކުރުން
- ދޯނީގެ އަޑީތެލާއި ފިލްޓަރުތައް ބަދަލުކޮށް ދޯނީގެ ފެހިކަހައި ސާފުކޮށް ބެލެހެއްޓުން
- އެއްތަނުން އަނެއްތަނަށް ގެންދިއުމަށްޓަކައި ދޯންޏަށް އަރުވާ މުދަލާއި ތަކެތި، އެތަކެތި ޙަވާލު ވާންޖެހޭ ފަރާތުން އެތަކެއްޗާ ޙަވާލުވުމާ ހަމަޔަށް އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:
|
- މަސައްކަތު ތަޖުރިބާ
- މަސައްކަތަށް ގާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް
- (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ހެޑް އޮފީހުގެ (ޤާޒީ ބިލްޑިންގ) ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ )
- ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ސާފު ކޮޕީ
- (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުމުގެ ސާފު ކޮޕީ
- ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް
- އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީ
- ޕޮލިސް ރިޕޯޓް (ނެގިފަހުން 03 މަސް ދުވަސް ހަމަނުވާ)
|
ސުންގަޑި:
|
- މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިއުންތަކާ އެކު 2024 އޮގަސްޓް 14 ވާ ބުދަ ދުވަހުގެ 13:00 ނިޔަލަށް [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީސް (ރޭޑިއޯ ބިލްޑިން) ގެ ކައުންޓަރަށް ފޯމް ހުށައެޅުއްވުން އެދެމެވެ.
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
- މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
|
ޝޯޓް ލިސްޓްކުރުން:
|
- މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
- މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ތެރެއިން އިންޓަވިއު ޕެނަލްގެ އެވްރެޖް އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %50 (ފަންސާސް އިންސައްތަ) އެވެ.
|
އިތުރު މަޢުލޫމާތު ސާފުކުރުމަށް:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026114 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.
|