ދިވެހިރާއްޖެ
ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ކެޔޮދަނޑު ޕާޓްނަރޝިޕް އުސޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 އޮގަސްޓު 2024ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ނޭކުރެންދޫ ކައުންސިލް އިދާރާގެ ކައުންޓަރަށް ނުވަތަ [email protected] އަށް އީމެއިލް މެދުވެރިކޮށް އަންދާސީ ހިސާބު/ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ. މި މަސައްކަތުގައި މާކްސްދެވޭނެ ގޮތުގެ ތަފްސީލް ތިރީގައިވާ ތާވަލުގައި އެވަނީއެވެ.
ޕޮއިންޓް ދެވޭނެ ދާއިރާ |
ޕޮއިންޓް ދެވޭނެ ގޮތުގެ ތަފްސީލް |
ޕޮއިންޓްގެ އަދަދު |
|
ތަކެތި ވިއްކައިގެން ލިބޭ ފައިސާއިން އތމ ކޮމެޓީއަށް ދިނުމަށް ހުށައަޅާ ޕަސެންޓް |
ހުށަހެޅި އެންމެ ބޮޑު ޕަސެންޓް/ ހުށަހެޅި ޕަސެންޓް × 90 (ޕަސެންޓް ބޮޑުވީ ވަރަކަށް ލިބޭ ޕޮއިންޓް ގިނަވާނެއެވެ.) |
90 |
|
އިތުރަށް ކޮށްދިނުމަށް ހުށައަޅާ ކަންތައްތައް |
ކުރުމަށް ހުށައަޅާ ކޮންމެ ކަމަކަށް 5 ޕޮއިންޓް (އެންމެ ގިނަވެގެން 10 ޕޮއިންޓް) |
10 |
|
|
ޖުމްލަ |
100 |
|
- ބީލަން ހުށަހަޅާ ފޯމުގައި އަންދާސީ ހިސާބު/ކޯޓޭޝަން ހުށަހެޅުން
- ކުންފުނި/ޕާޓްނާޝިޕް/ކޯޕަރޭޓިވް ސޮސައިޓީ/އަމިއްލަފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހެޅުން (އަމިއްލަ ފަރާތެއް ނަމަ އައިޑީ ކާޑުކޮޕީ ހުށަހެޅުން)
- މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18 ) އަދި (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ ފަރާތްތަކަށެވެ.
- އިތުރު މައުލޫމާތު ހޯއްދެވުމަށް 6520042 އާ ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.