މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި އުފައްދާ ތަކެތީގެ ދަފްތަރު އެކުލަވާލުމާއިބެހޭ

ދިވެހިރާއްޖޭގައި އުފައްދާ ތަކެތީގެ ދަފްތަރު އެކުލަވާލުމާއިބެހޭ

 

                     ރާއްޖޭގައި ބޭނުންކުރުމަށް ނުވަތަ ރާއްޖޭއިން ބޭރަށް އެކްސްޕޯޓްކުރުމަށް އެކިބާވަތުގެ ތަކެތި އުފައްދާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން ވަނީ ފައްޓަވާފައެވެ. އެހެންކަމުން މިފަދަ ތަކެތި އުފައްދާ ފަރާތްތަކުގެ ދަފްތަރުގައި ހިމެނުމަށްޓަކައި މަޢުލޫމާތު ހުށަހެޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން 15 އޯގަސްޓް 2024ގެ ކުރިން https://trade.gov.mv/en/producers-registry-form މި ލިންކް މެދުވެރިކޮށް މައުލޫމާތު ހުށަހެޅުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އެންޑް ޓްރޭޑްއިން އާއްމުކޮށްވަނީ ހުޅުވާލާފައެވެ. އަދި މިކަމާއިގުޅޭ އިތުރު މަޢުލޫމާތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން ކޮށްފައިވާ https://gazette.gov.mv/iulaan/300748 އިޢުލާންއިން ލިބެން ހުންނާނެކަމަށް އެމިނިސްޓްރީއިން ވަނީ އަންގަވާފައެވެ.

                     ވީމާ، މިފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ހިއްސާކޮށް މިކަން ޢާއްމުކޮށް އިޢުލާން ކުރީމެވެ.

05 އޮގަސްޓް 2024
ހޯދާ