މަޤާމް :
|
އެސިސްޓެންޓް އޮޕަރޭޝަންސް އޮފިސަރ
|
ބޭނުންވާ އަދަދު:
|
08 (އަށެއް)
|
މުސާރައާއި އެލަވަންސް:
|
- މުސާރަ: މަހަކު -/5700 ރުފިޔާ (ފަސްހާސް ހަތް ސަތޭކަ ރުފިޔާ)
- ސަރވިސް އެލަވަންސް: މަހަކު -/2600 ރުފިޔާ (ދެހާސް ހަ ސަތޭކަ ރުފިޔާ )
- ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ )
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ
|
އޮފީސް :
|
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
|
ޔުނިޓް :
|
މެއިލް އޮޕަރޭޝަންސް ޑިވިޜަން
|
ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:
|
|
މަޤާމުގެ މަސްޢޫލިއްޔަތު
|
- މޭލް ޕްރޮސެސިންގ އަދި ޑޭޓާ އެންޓްރީގެ މަސައްކަތްތައް ކުރުމާއި މިމަސައްކަތްތަކުގައި އުފުލަންޖެހޭ ޕަރސަލް ފަދަ ތަކެތި މަސައްކަތްކުރާ ސެކްޝަންތެރޭގެ އެއްތަނުން އަނެއްތަނަށް ގެންދިއުން
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ޙަވާލު ކުރެވޭ މަސައްކަތްތައް މުސްތަޤިއްލުކަމާއެކު ކުރުމުގެ ޤާބިލްކަން ހުރުން
- ޕަރސަލް ފަދަ ތަކެތި އުފުލުމުގެ ސިއްޙަތު ހުރުން
- ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރެވޭނެ ފަރާތަކަށްވުން
- ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައިވުން
- ކުރާ އިންޓަރވިއުއިން ފާސްވުން
|
ރަސްމީ މަސައްކަތު ދުވަސް އަދި ގަޑި:
|
- ހޮނިހިރު އިން ބުރާސްފަތި ދުވަހަށް ހެނދުނު 08:00 އިން 16:00 އަށް (މެއިލް އަންނަ ނިސްބަތުން ހޮނިހިރު ދުވަހުގެ މަސައްކަތްކުރާ ގަޑިއަށް ބަދަލު އައުން އެކަށީގެންވެއެވެ)
|
ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް
|
- ވަޒީފާއަށްއެދޭ ފޯމް
- ވަނަވަރު (ސީވީ)
- އައިޑީ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)
- ސްކޫލް ލީވިންގ ސެޓްފިކެޓް
- ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)
** އީމޭލްއިން ފޮނުވާނަމަ ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.
- ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
|
ސުންގަޑި:
|
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2024 އޯގަސްޓް 11 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 2024 އޯގަސްޓް 11 ވާ އާދިއްތަ ދުވަހުގެ 14:00 އާ ހަމައަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ.
**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
|
އިންޓަވިއު:
|
އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
|
ވަޒީފާއަށް އެދޭނެ ގޮތް:
|
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
- މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 7924894 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
|