މަޤާމުގެ ނަން:
|
ސީނިއާ ޕާލިމެންޓްރީ އެޑިއުކޭޝަން އޮފިސަރ
|
ރޭންކް:
|
MS1/B
|
ސެކްޝަން/ޑިޕާޓްމަންޓް
|
ޕާލިމެންޓްރީ އެޑިއުކޭޝަން
|
ބޭނުންވާ ޢަދަދު:
|
1
|
ތަޢުލީމާއި ތަޖުރިބާ:
|
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން (ޕޮލިޓިކަލް ސައިންސް ނުވަތަ އެޑިޔުކޭޝަން ދާއިރާއަކުން) ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާރކްސެއް ލިބެމުންދިޔުމާއެކު، ޖީ.އެސް 4 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެރޭންކުގެ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެމް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 7 އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބިފައިވުން،
|
މަޤާމާއި ގުޅޭ ދާއިރާތައް:
- އެޑިޔުކޭޝަން
- · ޕޮލިޓިކަލް ސައިންސް
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ރައްޔިތުންގެ މަޖިލީހާގުޅޭ ގޮތުން ހިންގޭ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ސެކްޝަންގެ އަހަރީ ޕްލޭނާ އެއްގޮތަށް ސެކްޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ވެރިޔެއްގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރިއަށް ގެންދިއުން.
- ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަންތައް ހިންގުމަށްޓަކައި ގާނޫނުހަދާ މަޖިލިސްތަކާއި ސިވިކް އެޑިޔުކޭޝަންއާ ގުޅޭ ކަންތައްތަކާއި ބެހޭ އެންމެ ފަހުގެ އިލްމާއި މަޢުލޫމާތުތައް ހޯދައި އެއްކުރުން.
- ރައްޔިތުންގެ މަޖިލީހާގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ހިންގޭ ހަރަކާތްތަކަށް ބޭނުންވާ މެޓީރިއަލްސް ތައްޔާރުކުރުން.
- ޕާލިމަންޓަރީ އެޑިޔުކޭޝަން ސެމިނަރ، ވޯކްޝޮޕް. މަސައްކަތު ބައްދަލުވުންތައް، މާދިރީތައް ހިންގުމުގައި ބައިވެރިވުން.
- ސްކޫލުތަކުގެ ދަރިވަރުންނާއި، ޒުވާނުންނާއި އަންހެނުން އަދި ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގޭ ހަރަކާތްތަކުގައި މަޢުލޫމާތު ދިނުން.
- ސެކްޝަންގެ ވެބް ޕޭޖް، ދިވެހިބަހުންނާއި އިނގިރޭސިބަހުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ސެކްޝަނާއި ހަވާލުވެ ހުންނަ ވެރިއެއްގެ އިރުޝާދާ އެއްގޮތަށް ސެކްޝަންގެ އަހަރީ ބަޖެޓާއި، އަހަރީ ރިޕޯޓް ތައްޔާރުކުރުން.
- ސެކްޝަންގެ ދުވަހު ޔައުމިއްޔާ ލިޔުން.
|
މުސާރަ:
|
- މަހަކު 9،500 ރުފިޔާ
|
އެލަވަންސް/އިނާޔަތްތައް:
|
- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200 ރުފިޔާ
- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3،500 ރުފިޔާ
- ޚާއްޞަ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20
- ހަމަޖެހިފައިވާ އުޞޫލުން ޕްރޮފެޝަނަލް އެލަވަންސް
- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ
|
ސުންގަޑި:
|
12 އޯގަސްޓު 2024 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން.
|
ވަޒީފާއަށް އެޕްލިކޭޝަން ފޯމް ހުށަހެޅުން އަދި ހުށަހަޅަންޖެހޭ ލިޔުންތައް:
|
ވަޒީފާއަށް އެދި ހުށަހަޅަންވާނީ ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިން ކޮށެވެ. އަދި އޮންލައިން ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް ޕީ.ޑީ.އެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައި އެޓޭޗްކުރަންވާނެއެވެ.
https://majlis.gov.mv/apply
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ޖީ.ސީ.އީ އޯލެވެލް އަދި ޖީ.ސީ.އީ އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ނިންމިކަމުގެ ލިޔުން (އެކްރެޑިޓްކޮށްފައި)
- ތަޖުރިބާ ދަލީލުކޮށްދޭ ވަޒީފާ އަދާކުރާފަރާތުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
- ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ
|