ދިވެހިރާއްޖެ
އިޢުލާން
ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ދަށުން ދ. ކުޑަހުވަދޫގައި ހިންގުމަށް ހަމަޖެހިފައިވާ 'ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރ'ގައި ހުރި 33(ތިރީސް ތިނެއް) ލަކުޑި ދޮރު، އެލްމިނިއަމް ދޮރަށް ބަދަލު ކޮއްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ؛
ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ދަށުން ދ. ކުޑަހުވަދޫގައި ހިންގުމަށް ހަމަޖެހިފައިވާ 'ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރ' ގައި ހަރުކޮށްފައިވާ ލަކުޑި ދޮރުތަކުގެ ތެރެއިން 33 (ތިރީސް ތިނެއް) ދޮރެއް އެލްމިނިއަމް ދޮރަށް ބަދަލު ކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރި މި މިނިސްޓްރީގެ ނަންބަރު: (IUL)10-F/10/2024/34 (19 މާރިޗު 2024) ބާތިލުކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާނު ކުރަމެވެ. މި މަސައްކަތަށް ކަނޑައެޅިފައިވާ ޖުމްލަ ބަޖެޓަކީ 340،000.00ރ ތިންލައްކަ ސާޅީސްހާސް ރުފިޔާއެވެ. ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ބިޑް ހުށަހަޅުއްވަންވާނީ އިސްވެދެންނެވުނު ބަޖެޓަށްވުރެއް ބޮޑު ނުވާނެގޮތަށެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތުގެ އިތުރުން، އިތުރު އެއްވެސް މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected]އަށް 2024 އޯގަސްޓް 11 ވަނަ ދުވަހުގެ 11:00 ގެ ކުރިން މެއިލް ކުރެއްވުންއެދެމެވެ. އަދި 2024 އޯގަސްޓް 14 ވަނަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރީޓީ އެންޑް ޓެކްނޮލޮޖީ / ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.