ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު (ކޮންޓްރެކްޓް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާގެ ބެލުމުގެދަށުގައިވާ ތަންތަން ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މަޤާމް

މަސައްކަތު (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު

1 (އެކެއް)

މުސާރައާއި އެލަވަންސް

މަހަކު 4100 ރުފިޔާ (ހަތަރުހާސް އެއްސަތޭކަ ރުފިޔާ)

މަޤާމުގެ ޝަރުޠު

 ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އުމުރުން 65 އަހަރުން މަތީގެ މީހަކުކަމުގައި ނުވުން. 

 

ކުރަންޖެހޭ މައިގަނޑު

މަސައްކަތްތައް

1. ފުވައްމުލަކު އަތޮޅު ކައުންސިލުން ބަލަހައްޓާ ސަރަހައްދުތަކުންނާއި ތަންތަނުން ކުނިނަގައި ސާފުކޮށް ބެލެހެއްޓުން.

2. އަތޮޅު ކައުންސިލުން ބަލަހައްޓާ ތަންތަނުގައި ޑިއުޓީ ކުރަންޖެހޭ ޙާލަތްތަކުގައި ޑިއުޓީ އުސޫލުން މަސައްކަތް ކުރުން.

3. އަތޮޅު ކައުންސިލުން ބަލަހައްޓާ ސަރަހައްދުތަކާއި، ތަންތަނަށް ކުނިއަޅާ ފަރާތްތައް ބެލުމާއި އެކަން ހުއްޓުވުމާއި، އެމީހުންނާބެހޭ މަޢުލޫމާތު ކައުންސިލް އިދާރާއަށް ހުށަހެޅުން.

4. އަތޮޅު ކައުންސިލުން ސާފުކޮށް ބަލަހައްޓާ ތަންތަނާއި ސަރަހައްދުތަކުގެ ވިނަނޮޅައި ސާފުކުރުން.

ޢިނާޔަތްތައް

މި މަޤާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑިއާއި، ބަންދު ދުވަހުގެ އެލަވަންސް ލިބޭނެއެވެ.

މީހުން ހޮވުމުގައި

ބަލާނެ ކަންތައްތައް

- ވަޒީފާގެ ދާއިރާގެ ޓެކްނިކަލް މަޢުލޫމާތު ލިބިފައިވުން.

- މީހުންނާ މުޢާމަލާތުކުރުމުގެ ހުނަރާއި ތަޖުރިބާ ލިބިފައިވުން.

- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.

 

ހުށަހަޅަންޖެހޭ ތަކެތި

- މަޤާމަށް އެދި ހުށަހަޅާ ސިޓީ. 

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

- ލިބިފައިވާ ތަޖުރިބާގެ ލިއުމުގެ ކޮޕީ.

ސިޓީ ފޮނުވަންވީ ތާރީޚު

2015 ޖޫން 7 ވާ އާދީއްތަ  ދުވަހުގެ މެންދުރު 15:00 ގެ ކުރިން އަތޮޅު ކައުންސިލް އިދާރާއަށް.

9 ޝަޢުބާން 1436

 

27 މޭ 2015
ހޯދާ