މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލަށް އާންމު މެންބަރުން އިންތިޚާބުކުރުން
މި މިނިސްޓްރީގެ ނަންބަރު (IUL)493-MR/493/2024/110 (24 ޖުލައި 2024) އިޢުލާންގައި ބަޔާންކޮށްފައިވާ ވޯޓްލާ ގަޑިއަށް ބަދަލު އައިސްފައިވާތީ، ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ކައުންސިލުގެ 2 ޢާންމު މެންބަރުންގެ މަގާމު ހުސްވެފައިވާތީ، އެ މަގާމަށް މެންބަރުން ހޮވުމަށް ބޭނުންވެއެވެ. މި ކައުންސިލަށް ޢާންމު މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބު، 03 އޮގަސްޓް 2024 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ން ފެށިގެން 11:00އަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް (ސޯޝަލް ސެންޓަރ ގެ ހަރުގޭގައި) ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
01 އޮގަސްޓް 2024
ހޯދާ