ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތުގައި ޤުރުއާން ކްލާހާއި ބަންގިގޮވަން ދަސްކޮށްދޭ ކުލާހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން؛

ރަށުގެ އެކި އުމުރުފުރާތަކުގެ މީހުންގެ މެދުގައި ދީނީ ކަންކަމުގައި ޝައުޤުވެރިކަން އިތުރުކޮށް ދީނީގޮތުން އުނގެނެންޖެހޭ އެކި ޢިލްމު އުނގެނުމުގެ މަގު ފަހިކޮށްދިނުމަކީ މިކައުންސިލްގެ އިސް އަމާޒެކެވެ. އެގޮތުގެ މަތިން މަސްޖިދުލް އަންޞާރުގައި ޤުރުއާން ކުލާހެއްގެ އިތުރުން ބަންގިގޮވަން ދަސްކޮށްދޭ ކުލާހެއް ހިންގުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. ކުލާސްތަކުގެ އިތުރު މަޢުލޫމާތު ތިރީގައި މިވަނީއެވެ.

ތަފްސީލް

މިސްކިތު ޤުރުއާން ކްލާސް

ބަންގިގޮވަން ދަސްކޮށްދޭ ކްލާސް

ފެށޭ ތާރީޚް

15 އޯގަސްޓް 2024

15 އޯގަސްޓް 2024

ކްލާސް ނަންގަވައިދެއްވާ ފަރާތް

މުޙައްމަދު ހަސަންމަނިކު (އިމާމް)

މުޙައްމަދު ހަސަންމަނިކު (އިމާމް)

އުމުރުފުރާ

18 އަހަރުން މަތި

13 އަހަރުން މަތި

ތަން

މަސްޖިދުލް އަންޞާރު

މަސްޖިދުލް އަންޞާރު

ސެޝަން / ކުލާސްތައް

ކޮންމެ ހުކުރު އަދި ހޮނިހިރު (20:30 އިން 21:30އަށް)

ކޮންމެ ހުކުރު އަދި ހޮނިހިރު (10:00 އިން 11:00އަށް)

ވީމާ، މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރ 6840015 ފޯނަށް 2024 އޯގަސްޓް 11 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ގުޅުއްވައި ނުވަތަ މިއިދާރާއަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 އޮގަސްޓް 2024
ހޯދާ