ދިވެހިރާއްޖެ
ނަންބަރ: (IUL)MMPRC-PRO/MMPRC/2024/25
އިޢުލާން
މި ކޯޕަރޭޝަންގެ ފަރާތުން ބައިވެރިވާ ފެއަރ ތަކާއި އަދި ރާއްޖެއިން ބޭރުގައި ރާއްޖެ އިޝްތިހާރުކުރުމަށް ބައިވެރިވާ އެހެނިހެން ހަރަކާތްތަކުގައި ބޭނުންކުރުމަށް ޕްރޮމޯޝަނަލް މެޓީރިއަލްސް ހަދާދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2024 އޯގަސްޓް 8 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން މި ކޯޕަރޭޝަންގެ އީމެއިލް [email protected] މެދުވެރިކޮށް އެޓޭޗް ކުރެވިފައިވާ އާރްއެފްޕީގައި ވާ ގޮތުގެމަތީން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
އަދި 2024 އޯގަސްޓް 15 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެކުރިން، މި ކޯޕަރޭޝަންގެ އީމެއިލް [email protected] އަށް އަންދާސީ ހިސާބު ފޮނުއްވުން އެދެމެވެ.
ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
25 މުޙައްރަމް 1446