ދިވެހިރާއްޖެ
މާލެ އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދުގައި ގިނަ ފަރާތްތަކުން، ޕާކްކުރުމަށް ސްލޮޓަށް އެދެމުންދާތީ، އެސަރަޙައްދުގައި ވެހިކަލް ޕާކްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް، މިކުންފުނިން ވަނީ ނިންމާފައެވެ. އަދި 2024 އޮގަސްޓް 15 ވަނަ ދުވަހުން ފެށިގެން މި ސަރަހައްދުން ޕާކްކުރުމަށް ސްލޮޓްތަށް ކުއްޔަށްދިނުމަށް މި ކުންފުނިންވަނީ ނިންމާފައެވެ. އަދި ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ސްލޮޓްތަކުގެ އަދަދުން، ފުރަތަމަ އެދޭ ފަރާތަކަށް ފުރަތަމަ ދިނުމުގެ އުސޫލުންނެވެ. މި ގޮތުން ކުއްޔަށްދޫކުރުމަށް ހަމަޖެހިފައިވަނީ :
ވެހިކަލް |
އަގު/މަހަކަށް |
ކޮމާޝަލް ހާބަރުގައި ރަޖިސްޓްރީ ކޮށްފައިވާ ޕިކަޕް/ލޮރީ |
2،000 ރ |
ބައުޒަރު |
4،000 ރ |
ކްރޭން |
6،000 ރ |
އެހެނިހެން އުޅަނދުތައް |
4،000 ރ |
ވީމާ، މި ސަރަޙައްދުން ވެހިކަލް ޕާކްކުރުމަށް ސްލޮޓް ކުއްޔަށްނެގުމަށް ޝައްއުޤުވެރިވާ ފަރާތްތަކުން، ލިއުމަކުން މިކުންފުންޏަށް ހުށަހެޅުމަށް ދަންނަވަމެވެ. އަދި މި ލިއުމާއިއެކު ވެހިކަލްގެ ރެޖިސްޓަރީ، އިންޝުރެންސް، ރޯޑްވާދިނަސް، ތެޔޮ ނުވަތަ ގޭސް އުފުލާ އުޅަނދެއް ކަމުގައި ވާނަމަ ޑިފެންސް މިނިސްޓްރީ / އެމްއެންޑީއެފް އިން ދީފައިވާ ލިޔުން އަދި ވެރިފަރާތް / އޮޕަރޭޓް ކުރާ ފަރާތުގެ އައި.ޑީ ކާޑު ނުވަތަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީ ހުށަހެޅުމަށް ދަންނަވަމެވެ.