ދިވެހިރާއްޖެ
އެމިލް ރިސޯރޓް ޕްރައިވެޓް ލިމިޓެޑްގެ ޝެއަރ ވެލުއޭޝަން ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)13-E/13/2024/199 (23 ޖުލައި 2024) ޢިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ ދަންނަވަމެވެ.
އެމިލް ރިސޯރޓް ޕްރައިވެޓް ލިމިޓެޑްގެ ޝެއަރ ވެލުއޭޝަން ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން: 12 އޮގަސްޓު 2024، 13:30އަށް
ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އާންމު ކުރެވިފައިވާ އާރް.އެފް.ޕީއާއި އެއްގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
26 މުޙައްރަމް 1446
1 އޮގަސްޓު 2024