ދިވެހިރާއްޖެ
ހދ. އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ "ތިލަދެކުނު ފުޓުބޯޅަ މުބާރާތް 2024" އަންނަ ސެޕްޓެންބަރު މަހުގެ 06 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް 1 ގައެވެ.
މި މުބާރާތަކީ މިއަތޮޅުގައި ފުޓުބޯޅައިގެ ރޫޙު އާލާކޮށް ދިރުވުމަށާއި ފުޓުބޯޅައަށް ޝައުޤުވެރިކަން ހުންނަ ކުޅުންތެރިންނަށާއި ޓީމުތަކަށް އެ ފުރުޞަތު ހޯދައިދިނުމަށާއި ހދ. އަތޮޅުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ލިންކް: https://haadhaal.gov.mv/football2024 މެދުވެރިކޮށް އޮންލައިންކޮށް 15 އޯގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ.
މި މުބާރާތުގެ ޤަވާއިދު މި އިޢުލާނާއި އެކު ޢާންމު ކުރެވިފައިވާނެއެވެ. މުބާރާތާބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6521702 އަށެވެ.