ދިވެހިރާއްޖެ
ބ.ގޮއިދޫ ކައުންސިލާއި ބ.ގޮއިދޫ އ.ތ.މ ކޮމެޓީއާއި އުކުޅަސް ހޯޕް އަދި ޚިދުމަތް ޖަމިއްޔާއާއި ތުރުކީވިލާތުގެ އުއްމަތް ޖަމިއްޔާގެ އެހީތެރިކަމާއެކު ގޮއިދޫގެ އަންހެން ކަބަލުންނަށް ފެހުމުގެ ދާއިރާއިން އަމިއްލަ ވިޔަފާރިއެއް ފެށޭވަރަށް ފެހުމުގެހުނަރާއި،ތަމްރީނާއެކު ފަހާތަކެތި މާކެޓުކޮށް ވިއްކާނެ ގޮތްތަކާއި ހުނަރުތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ފަހާކޯހެއް މުޅިން ހިލޭ ހިންގުމަށްވަނީ ހަމަޖެހިފައެވެ. މިކޯހުގައި ކިޔަވައިދޭނީ ރާއްޖޭގެ ފެހުމުގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.
މިކޯސް ފެށުމަށް ހަމަޖެހިފައިވަނީ 13 ސެޕްޓެންބަރ 2024 ވާ ހުކުރުދުވަހުއެވެ. މިކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވޭނީ ބ.ގޮއިދޫގައި ދިރިއުޅޭ ކަނބަލުންގެ ތެރެއިން އުމުރުން 18އަހަރުން މަތީގެ ކަނބަލުންނަށެވެ.
ވީމާ،މިކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 15 އޮގަސްޓު 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެކުރިން 9180011 ނަންބަރ އަށް ގުޅުންވައިގެން ނަންނޯޓް ކުރެއްވުންއެދެމެވެ. ބައިވެރިވުމަށް ނަންނޯޓް ކުރައްވާ ބޭފުޅުންގެ އަދަދު 30 އަށްވުރެ އިތުރުވާނަމަ ފުރުޞަތު ދެވޭނީ ގުރުއަތުން ހޮވޭ 30 ފަރާތަކަށެވެ. އެހެންނަމަވެސް ކޯހުގައި ބައިވެރިވުމަށް ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށާއި، ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.