ދިވެހިރާއްޖެ
ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިޚާބު 2024 ގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ ފަނޑިޔާރުންގެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމަށް ދެވުނު ފުރުޞަތުގައި އެއްވެސް ފަރާތަކުން އެ ރަޖިސްޓްރީއަށް ޝަކުވާއެއް ހުށަހަޅުއްވާފައިނުވެއެވެ.
ވީމާ، 2024 އޮގަސްޓް 10 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 – 11:00 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިޚާބު 2024 ގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ ފަނޑިޔާރުންގެ ދާއިމީ ރަޖިސްޓްރީ ޢާންމުކޮށްފީމެވެ.
އަދި، މި ރަޖިސްޓްރީ ދިވެހި ސަރުކާރުގެ ގެޒެޓްގައި އަދި، މި ޑިޕާޓްމަންޓުގެ ވެބްސައިޓް (dja.gov.mv) ގައި އާންމުކޮށް ފެންނަން ހުންނާނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މި ކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.
25 މުޙައްރަމް 1446