މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މިއޮފީހުގައި ހުރި ބައު ތަކެތި ނީލަމުގައި ވިއްކުން

     މިއޮފީހުގެ ނަންބަރ (IUL)14-A4/1/2024/68 (20.06.2024) އަދި (IUL)14-A4/1/2024/74 (04.07.2024( އިއުލާނާ ގުޅިގެން  ބޭއްވި ދެ ނީލަމުގައިވެސް އެއްވެސް ފަރާތަކުން ބައިވެރިވެފައިނުވާތީ،  އަލުން ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން  10 އޮގަސްޓް 2024 ވާ ހޮނިހިރު  ދުވަހުގެ ހެނދުނު 00:09 ގައި ކ.ތިލަފުށި ކަސްޓަމްސްގައި އޮންނާނެއެވެ. އަދި ދެފަރާތުން އެއްބަސްވާ އަގަކަށް ނީލަން ނިންމާލުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަންފެށޭ އަގު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

     ނީލަމުގައި ވިއްކާލާ ތަކެތީގެ ހާލަތު،  ބެއްލެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހު ނީލަން ކުރިއަށްދާ ސަރަޙައްދަށް ވަޑައިގަތުމުން އެ އިންތިޒާމް ހަމަޖެހޭނެ ކަމުގައި ދަންނަވަމެވެ.

     ނީލަން ކާމިޔާބުކުރާ ފަރާތުން 24 (ސައުވީސް) ގަޑިއިރުތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv  އަށް ދެއްކެވުމަށްފަހު، ތަކެތި 03 (ތިން) ދުވަހުގެ ތެރޭގައި ގެންދަވަން ވާނެއެވެ.

     ވީމާ،  ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 10 އޮގަސްޓް 2024 ވާ ހޮނިހިރު  ދުވަހުގެ ހެނދުނު 00:09 އަށް ކ.ތިލަފުށި ކަސްޓަމްސްއަށް ހާޟިރުވެވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ. އަދި ނީލަމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށާއި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއި ދެފަރާތުގެ އައި.ޑީ ކާޑުގެކޮޕީ ގެންނެވުން އެދެމެވެ.

     މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

31 ޖުލައި 2024
ހޯދާ