ދިވެހިރާއްޖެ
އިޢުލާން
ލޯކަލް މާރުކޭޓު ގޮޅިތައް ކުއްޔަށް ދޫކުރުމަށް ފުރުޞަތު ހުޅުވާލުން
މިއިދާރާއިން އެކުލަވާލެވިފައިވާ ޤަވާޢިދުގެ ދަށުން ތިނަދޫ ސިޓީގެ އެސްޓީއޯ ފިހާރައިގެ އިރުމަތީފަރާތުގައި މިއިދާރާއިން ކަޑައަޅާފައިވާ ޞަރަޙައްދުގައި ލޯކަލް މާރުކޭޓު ގޮޅިތައް ވިޔަފާރީގެ އުސޫލުން ދޫކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 06 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މެއިލް projects@thinadhoo.gov.mvމެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި އެކު ރެޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
| 
 | ތާރީޚް | ދުވަސް | ގަޑި | ތަން | 
| ރެޖިސްޓްރޭޝަން މުއްދަތު | 31 ޖުލައި 2024 – 06 އޮގަސްޓް 2024 | 
 | 13:00 | ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް | 
| ޕްރޮޕޯސަލް ހުށަހެޅުން | 14 އޮގަސްޓް 2024 | 
 | 13:30 | ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް | 
 
                    