ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުން

ރުއްގަހުގެ ވެރިން ހޯދުން

           ސޯލާ އިމާރާތުގެ ދެކުނުން ޣާޒީމަގާ ހަމައަށް މަގެއް ހެދުމަށް އެސަރަހައްދުގައި 1 އިން 18 އަށް ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރިން ހޯދުމަށް ކުރި ނަންބަރު (IUL)387/387/2024/20 އިއުލާނާ ގުޅިގެން އެއްވެސްފަރާތަކުން މައުލޫމާތު ހިއްސާކޮށްފައި ނުވާތީ އަލުން މި ރުއްގަހުގެ ވެރިން ހޯދަން އިއުލާނުކުރަމެވެ.

           ވީމާ މަތީގައި ދެންނެވިފައިވާ ރުއްގަހުގެ ވެރިން 08 އޮގަސްޓް 2024 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް ދުރުވެ މި އިދާރާއިން އެރުއްގަހަށް ދީފައިވާ ނަންބަރު ނޯޓު ކުރެއްވުމަށް ދަންނަވަމެވެ. މި އިދާރާގައި ރަޖިސްޓްރީ ކޮށްފައި ނެތް ރުއްގަހަކީ އަމިއްލަ މީހުންގެ ރުއްގަސް ކަމުގައި ނުބެލެވޭނެ ވާހަކަ މި ފުރުޞަތުގައި ދަންނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން ރުއްގަހުގެ މިލްކުވެރިކަން ބަޔާންކޮށްފައި ނުވާނަމަ، އެބިމުގައި އަމިއްލަ ފަރާތެއްގެ ރުއްގަސް ނެތީކަމުގައި ބެލެވޭނެ ވާހަކަވެސް ދަންނަވަމެވެ.

            25 މުހައްރަމް 1446

31 ޖުލައި 2024
ހޯދާ