ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިތަކުގެ އިން ވަކިކޮށް، އިންފާރު ރޭނުމަށް އެންގުން

 

ގޯތިތަކުގެ އިން ވަކިކޮށް، އިންފާރު ރޭނުމާއި ބެހޭ:

ކޮނޑޭއިން ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ގިނަ އަދަދެއްގެ ގޯތިތަކުގައި އިމާރާތް ނުކޮށް ހުރުމުގެ ސަބަބުންނާއި، ގިނަ އަދަދެއްގެ ގޯތިތަކުގައި އިންފާރު ރާނައި، ސާފުކޮށް ބަލަހައްޓަމުން ނުދާތީ ގޯތިތަކާއި އިންވެގެން ހުންނަ، މީހުން ދިރިއުޅޭ ގޯތިތަކަށް އުނދަގޫ ފޯރަމުންދާތީއާއި، ނަންބަރު  R-26/2019މަގުމަތި ކުނިކެހުމާބެހޭ ގަވާއިދާއި އެއްގޮތަށް ގޯތިތަކާއި ގުޅިފައިވާ މަގުތައް ގަވާއިދުން ސާފުކޮށް ބަލަހައްޓަމުން ނުދާތީ މަގުތަކުން ހިނގާބިނގާވެ އުޅުމަށް ޢާންމު ރައްޔިތުން ނަށް ގިނަ އުނދަގޫތަކެއް ފޯރަމުގެ އިތުރުން ގޯތިތަކާއި ގުޅިފައިވާ މަގުތައް ގަވާއިދުން ސާފުކޮށް ބަލަހައްޓަމުން ނުދާތީ ރަށަކީ ސާފު ތާހިރު ރަށެއްގެ ގޮތުގައި ބޭއްވުމަށް ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސް އެޅެމުންދާތީ މި ކަންކަމަށް ޙައްލު ހޯދުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ކައުންސިލްގެ 04 ވަނަ ދަޢުރުގެ 165 ވަނަ ބައްދަލުވުމުން ވަނީ ނިންމާފައެވެ. މި ގޮތުން ކޮނޑޭއިން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ކަންމުޑި ނުޖަހާ ހުރި ގޯތިތަކަށް ކަންމުޑި ޖެހުމަށް މި އިޢުލާނުގެ ތާރީޚުން ފެށިގެން 3 މަސް ދުވަހުގެ މުއްދަތެއް ދިނުމަށާއި، އިންފާރު ނުރާނައި ހުރި ގޯތިތަކުގައި އިންފާރު ރޭނުމަށް މި އިޢުލާނުގެ ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ފުރުޞަތެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި މި އެންގުމާއި އެއްގޮތަށް ދީފައިވާ މުއްދަތަށް މަސައްކަތް ނުނިންމާ ގޯތިތަށް ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ 14 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އެގޯއްޗެއް ދޫކޮށްފައިވާ ފަރާތެއްގެ ކިބައިން، އެގޯއްޗެއް ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ވީމާ، ކޮނޑޭއިން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ކަންމުޑި ޖަހައި އިންވަކި ނުކޮށް ހުރި ގޯތިތައް މިއަދުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ކަންމުޑި ޖަހައި، 6 މަސް ދުވަހުގެ ތެރޭގައި މަގުތަކާއި ގުޅިފައިވާ އިންފާރުތައް ރޭނުމަށާއި، ކަންމުޑި ޖަހައި އިން ވަކިކޮށް އިންފާރު ނުރާނައި ހުރި ގޯތަކުގެ މަގުތަކާއި ގުޅިފައިވާ އިންފާރުތައް މިއަދުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ރޭނުމަށް އަންގަމެވެ. އަދި މި އެންގުމާއި އެއްގޮތަށް ކަނޑައެޅިފައިވާ މުއްދަތައް މަސައްކަތް ނުނިންމާ ގޯތިތައް، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ 14 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އެގޯއްޗެއް ދޫކޮށްފައިވާ ފަރާތްތަކުގެ ކިބައިން ވަކި ކުރެވޭނެކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

31 ޖުލައި 2024
ހޯދާ