ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައްދުންމަތީ ހިތަދޫ ކައުންސިލްގެ 5 ވަނަ ފުޓްބޯޅަ މުބާރާތް 2024 ހޯސްޓްކުރާނެ ފަރާތެއް ހޯދުން

ނަންބަރ : (IUL)404-ESMS/404/2024/55                         

އިޢުލާން

 

ހައްދުންމަތީ ހިތަދޫ ކައުންސިލްގެ 5 ވަނަ ފުޓްބޯޅަ މުބާރާތް 2024 ހޯސްޓުކުރާނެ ފަރާތެއް ހޯދުމާބެހޭ

       

        ހައްދުންމަތީ ހިތަދޫ ކައުންސިލްގެ 5 ވަނަ ފުޓްބޯޅަ މުބާރާތް 2024 ހޯސްޓްކުރާނެ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ.

        މި ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމްޢިއްޔާތަކަށެވެ.

        ވީމާ،ޝަޢުޤުވެރިވާ ފަރާތްތަކުން 7 އޮގަސްޓް 2024 ވާ (ބުދަ) ދުވަހުގެ 13:30 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީކުރެއްވުން އެދެމެވެ.  ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށް، މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށް އެދި އީމެއިލް ކުރަންވާނެއެވެ. އަދި ބީލަމާއި މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

        އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީ ވުމުގެ މުއްދަތުގައި ބީލަމުގައި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 08އޮގަސްޓް 2024 ވާ (ބުރާސްފަތި) ދުވަހުގެ 13:30 ގައި ހައްދުންމަތީ ހިތަދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

        ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 7 އޮގަސްޓް 2024 ވާ (ބުދަ) ދުވަހުގެ 12:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. އީމެއިލްއަށް ފޮނުވާ ސުވާލުތަކާ ގުޅިގެން ސާފުކޮށްދޭންޖެހޭ ކަންކަން އެ ފަރާތްތަކަށް ސާފުކޮށްދެވޭނެއެވެ. މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ބައްދަލުވުމެއް ނޯންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯން:6800005

އީމެއިލް: [email protected]

         ވީމާ، މިކަންޢާއްމުކޮށްއަންގާ އިޢުލާންކުރީމެވެ.

         25 މުޙައްރަމް 1446

         31 ޖުލައި 2024

31 ޖުލައި 2024
ހޯދާ