ދިވެހިރާއްޖެ
އިޢުލާން
ނ.ވެލިދޫގެ ބޮޑުމަގުގެ ހުޅަނގުކޮޅުން މެރިން ޑްރައިވްއާއި ގުޅޭތަނުން 3000 އަކަފޫޓުގެ 1 ބިން ފިއުލް ޝެޑެއް ތަރައްޤީކޮށް ޚިދުމަތް ދިނުމަށް، 30އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށްވަނީ ނިންމާފައެވެ.
ވީމާ، މިބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިއަށް މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ އަސްލާއި، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ.
| 
 
  | 
 ތަން  | 
 ދުވަސް  | 
 ތާރީޚު  | 
 ގަޑި  | 
| 
 މަޢުލޫމާތު ސާފުކުރުން  | 
 ނ.ވެލިދޫ ކައުންސިލް އިދާރާ  | 
 ހޯމަ  | 
 05 އޯގަސްޓް 2024  | 
 11:00  | 
| 
 އަންދާސީހިސާބު ހުށަހެޅުން  | 
 ނ.ވެލިދޫ ކައުންސިލް އިދާރާ  | 
 އަންގާރަ  | 
 20 އޯގަސްޓް 2024  | 
 11:00  | 
މި މަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ. އަދި މި އިޢުލާނާއިއެކު ކުއްޔަށް ދޫކުރެވޭ ބިމުގެ ޗާޓް ހިމެނިފައިވާނެެވެ. މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
24 މުހައްރަމް 1446
