ދިވެހިރާއްޖެ
އިޢުލާން
ތިނަދޫ ސިޓީގައި ގްރީން އޭރިޔާ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ގްރީން އޭރިޔާ ތަރައްޤީކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް
ތިނަދޫ ސިޓީގައި މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި 2 (ދޭއް) ގްރީން އޭރިޔާ ތަރައްޤީކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 08 އޯގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި އެކު ރެޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 21 އޯގަސްޓް 2024 ވާ ބުދަ ދުވަހުގެ 11:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
މަޢުލޫމާތު ސާފްކުރުން |
30 ޖުލައި އިން 08 އޯގަސްޓް 2024 އަށް |
08 އޯގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ |
14:00ގެ ކުރިން |
ތިނަދޫ ސިޓީ ކައުންސިލް ނުވަތަ އީމެއިލް މެދުވެރިކޮށް |
ބީލަން ހުށަހެޅުން |
21 އޯގަސްޓް 2024 |
ބުދަ |
11:30 |
ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް |
24 المُحَرَّم 1446