އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ބައެއް ތަކެތި ގަނެދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިރަށު މިސްކިތްތަކަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • 02 ޕޯޑިއަމް މައިކް "18 (10 ފޫޓުގެ ވާގަނޑަކާއެކު)
  • 04 މައިކް (15ފޫޓުގެ ވާގަނޑާއެކު)
  • 02 މައިކް ސްޓޭންޑް    
  • 05 ސްޕީކަރ  w20-10
  • 01 އެމްޕް 120w
  • 01 އެމްޕް 150w
  • 03 ލައުޑް ސްޕީކަރ 18އިންޗި 50w
  • 90 ފޫޓް ލައުޑްސްޕީކަރ ނަރު (މޮޅު)

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އީމެއިލް އަދި ފެކްސްއިން ހުށަހަޅުއްވާ އަންދާސީހިސާބުތައްވެސް ބަލައިގަނެވޭނެއެވެ.

 ފޯން: 6680773, ފެކްސް: 6680878, އީމެއިލް: [email protected]

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

  • ތަކެތި ސަޕްލައިކޮށްދެވޭނެ އަގުތައް ކޮންމެ އެއްޗެއްގެ އަގު ވަކިން އެނގެން އޮންނަންވާނެއެވެ.
  • އަގު ހުށަހަޅުއްވާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ.
  • ތަކެތި ސަޕްލައި ކޮށްދެވޭނެ މުއްދަތު އެނގެން އޮންނަން ވާނެއެވެ.
  • ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.

މާކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

  • އަގަށް %80 މާކްސް
  • ޚިދުމަތުގެ އަވަސްމިނަށް %20 މާކްސް

08 ޝަޢުބާން 1436

26 މޭ 2015
ހޯދާ