ދިވެހިރާއްޖެ
އުސޫލު ނަންބަރު 03/2022/369 ( މުލަކަތޮޅު މަޑުއްވަރީ ފުޓްސަލްދަނޑު ބޭނުންކުރުމުގެ އުޞޫލު ) އަށް 3 ވަނަ އިސްލާހު ގެނައުން
1 – ބުނެވިދިޔަ އުޞޫލުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ ދަނޑުދޫކުރާ ވަގުތުތައް އެއީ އުޞޫލުގެ 5.1 ވަނަ މާއްދާކަމުގައި ކަނޑައަޅާ އެ މާއްދާގެ ފަހަތަށް 5.2 ގެ ގޮތުގައި މާއްދާއެއް އިތުރުކުރުން
ދަނޑުދޫކުރާ ވަގުތުތަށް |
5 |
5.2 |
ހ |
މި އުސޫލުގެ 5.1 ވަނަ މާއްދާގައިވާ ދަނޑު ދޫކުރާ ވަގުތުތައް ކަމަށް ބުނެފައިވާ ވަގުތުތައް ، ދިމާވާ އެކި އެކި ހާލަތްތަކަށާއި ، މުބާރާތްތަކުގައި ބައިވެރިވެފައިވާ ޓީމުތަކަށް ފަހި ފުރުޞަތުތައް އޮންނާނެގޮތަށް ބަދަލުކޮށް ، ދަނޑު ދޫކުރާ ގަޑިތައް އުނިއިތުރުކޮށް ދޫކުރުމުގެ އިހުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. |
2- ގެޒެޓްކޮށްފައިވާ އުޞޫލުގެ ނަންބަރު ތަރުތީބުކުރުން ( އުސޫލުގެ 10 ވަނަ މާއްދާ – އެކަޑަމީ ހިންގުމަށް ދަނޑުދޫކުރުން ) ގެ ފަހަތަށް އޮތް މާއްދާ ( އުޞޫލުގައި ނުހިމެނޭ ކަމެއް ދިމާވުން ) ގެޒެޓްކުރެވުނު އިރު ލިޔެވިފައިވަނީ 9 ވަނަ މާއްދާގެ ގޮތުގައި ކަމަށްވާތީ އެއީ އުސޫލުގެ 11 ވަނަ މާއްދާއަށް ހެދުން .
3- މި އުސޫލުގެ 11 ވަނަ މާއްދާކަމުގައި ވާ ( އުޞޫލުގައި ނުހިމެނޭ ކަމެއް ދިމާވުން ) އެއީ މި އުޞޫލުގެ 12 ވަނަ މާއްދާކަމުގައި ހެދުމާއެކު އުޞޫލުގެ 10 ވަނަ މާއްދާގެ ފަހަތަށް އިތުރު މާއްދާއެއް އިތުރުކޮށް އެ މާއްދާއަކީ މި އުސޫލުގެ 11 ވަނަ މާއްދާކަމުގައި ކަނޑައެޅުން
ރަށުގެ ފަރާތްތައް ނޫން ފަރާތްތަކަށް ( ކައުންސިލްތައް ، ކްލަބް ޖަމުއިއްޔާތައް، މުބާރާތްތަކުގައި ބައިވެރިވާ ޓީމުތަކަށް ) ދަނޑު ދޫކުރުން |
11 |
11.1 |
ހ |
ފުޓްސަލްދަނޑު ބޭނުންވެ ، މ.މަޑުއްވަރީ ކައުންސިލަށް އެޑްރެސްކޮށް ސިޓީ ފޮނުވުމުން އެހެން ރަށްރަށުގެ ކައުންސިލްތަކަށާއި ، ކްލަބް ޖަމުއިއްޔާތަކަށާއި ، މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަށް ދަނޑު ދޫކުރުމުގެ އިހުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. ކައުންސިލަށް އެޑްރެސްކޮށް ފޮނުވާ ސިޓީގައި ދަނޑަށް އެއްވެސް ގެއްލުމެއްވެއްޖެނަމަ އެ ފަރާތުން ޒިންމާ ނަގާނެކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. މި ދެންނެވި ފަރާތްތަކަށް ދަނޑު ދޫކުރުމުގައިވެސް ރަށު ޓީމުތަކުން ދަނޑަށް އެދިފައިވާނަމަ ، ރަށުގެ ފަރާތްތަކަށް އިސްކަންދޭންވާނެއެވެ. މި މާއްދާގައި ބުނެފައިވާ ފަރާތްތަކަށް ( ކައުންސިލްތައް ، ކްލަބް ޖަމުއިއްޔާތައް، މުބާރާތްތަކުގައި ބައިވެރިވާ ޓީމުތަކަށް ) ދަނޑު ދޫކުރާނީ ކޮންމެ ގަޑިއަކަށް 100(ސަތޭކަ ) ރުފިޔާގެ ރޭޓުންނެވެ. |
މި އިސްލާހުތައް ފާސްކުރެވިފައިވަނީ މ.މަޑުއްވަރީ ކައުންސިލްގެ 04 ވަނަ ދައުރުގެ 117 ވަނަ އާންމު ބައްދަލުވުމުން 25 ޖުލައި 2024 ވަނަ ދުވަހުގައެވެ.