ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ އަކިރޭރޭ ފުޓްސެލް ދަނޑުގެ ލައިޓް ޕޯސްޓްބުޑުތައް އެޅުމާއި ލައިޓްޕޯސްޓް ޖަހާދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު:

     

މި އިދާރާއިންދޭ ކުރެހުމާއި، އިރުޝާދާއިއެއްގޮތަށް ކުޑަހުވަދޫ އަކިރޭރޭ ފުޓްސެލް ދަނޑުގެ ލައިޓް ޕޯސްޓްބުޑުތައް އެޅުމާއި ލައިޓްޕޯސްޓް ޖަހާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިދީފައިވާ މަޢުލޫމާތާއެއްގޮތަށް އަމަލުކުރުމަށް ދަންނަވަމެވެ.

  • ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 30 ޖުލައި 2024 އިން 05 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އޮންލައިންކޮށް ބީލަން ރަޖިސްޓްރީ ކުރުން އެދެމެވެ. ބީލަން ރަޖިސްޓްރީ ކުރުމުގެ އަގަކީ 150.00ރ އެވެ.
  • އޮންލައިންކޮށް ފައިސާ ދެއްކުމަށްފަހު، ފައިސާ ޓްރާންސްފަރ ކުރި ސްލިޕް އަދި ރަޖިސްޓްރޭޝަން ފޯރމް ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް މެއިލްކުރުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
  • ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަން ފޮތް މެއިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. 
  • މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 8 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން އިއުލާން ގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
  • އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 14 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ 11:00ގައި ކުޑަހުވަދޫ ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ.

 

 - ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ

- އެކައުންޓް ނަންބަރު: 7730000135156

- އެކައުންޓް ނަން: 1430 Revenue 1

- ޓްރާންސްފާރ ސްލިޕް ފޮނުވާނެ ނަންބަރ : 9781899

- އީމެއިލް: [email protected]  

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

30 ޖުލައި 2024
ހޯދާ