ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ޖާގަ ހުރި ކޯސްތަކަށް އިޢުލާންކުރުން

އޮގަސްޓު 2024 ގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރެއިން ޖާގަ ހުރި ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ވަނީ އިތުރުކުރެވިފައެވެ. ޑިޕްލޮމާ އިން މަތީ ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 08 އޮގަސްޓު 2024ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. އަދި އެޑްވާސްޑް ސެޓްފިކެޓް އިން ފެށިގެން ދަށް ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 20 އޮގަސްޓު 2024ވާ އަންގާރަ ދުވަހުގެ 14:00 އެވެ. މި ކޯސްތަކާ ބެހޭ  އިތުރު މަޢުލޫމާތު https://courses.mnu.edu.mv/ އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.

 

24 މުޙައްރަމް 1446

30 ޖުލައި 2024
ހޯދާ