ދިވެހިރާއްޖެ
އިޢުލާން
ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން
ހދ. ކުޅުދުއްފުށީ ކެމްޕަހާއި ގދ. ތިނަދޫ ކެމްޕަހާއި ލ. ގަން ކެމްޕަހާއި އަދި ސ. ހިތަދޫ ކެމްޕަހުގައި މި ފެކަލްޓީގެ ފަރާތުން ހިންގާ "އެޑްވާންސްޑް ސެޓްފިކެޓް އިން ލޭންގުވިޖް ޔޫޒް" ކޯހުގައި ކިޔަވައި ދެއްވާނެ ޕާޓްޓައިމް ލެކްޗަރަރުން ބޭނުންވެއެވެ. ލެކްޗަރަރުން ބޭނުންވާ މާއްދާތައް ހދ. ކުޅުދުއްފުށީ ކެމްޕަސް (ފޯން: 6527761) ، ގދ. ތިނަދޫ ކެމްޕަސް (ފޯން: 6842084) ލ. ގަން ކެމްޕަސް (ފޯން: 6800014) އަދި ސ. ހިތަދޫ ކެމްޕަސް (ފޯން: 6885053) އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.
މިކަމަށް ހޮވިވަޑައިގަންނަވާ ބޭފުޅުން މަސައްކަތް ކުރެއްވުމަށް ހަމަޖެހިފައިވަނީ ކެމްޕަސްތަކުގައެވެ.
ޝަރުޠު: މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. (ކެންޑިޑޭޓުން ހޮވުމުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)
އުޖޫރަ:
- ނަންގަވާ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ
- މާކްކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިޙާނު ކަރުދާހަކަށް -/35 ރުފިޔާ
މިކަމަށް އެދިވަޑައި ގަންނަވާ ފަރާތްތަކުން 07 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ހދ.ކުޅުދުއްފުށީގައި ކިޔަވައިދެއްވުމަށް ޝަޢުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ހދ. ކުޅުދުއްފުށީ ކެމްޕަހަށް، ގދ. ތިނަދޫގައި ކިޔަވައިދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ގދ. ތިނަދޫ ކެމްޕަހަށް، ލ.ގަންގައި ކިޔަވައިދެއްވުމަށް ޝަޢުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ލ. ގަން ކެމްޕަހަށް އަދި ސ. ހިތަދޫގައި ކ ކިޔަވައިދެއްވުމަށް ޝަޢުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ސ. ހިތަދޫ ކެމްޕަހަށް ސިޓީ ފޮނުއްވުން އެދެމެވެ.
އެޕްލިކޭޝަނާއެކު ހުށަހަޅުއްވަން ޖެހޭ ލިޔުންތައް:
- ކޯސް ނިންމި ކަމުގެ ލިޔުންތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 3345177 ނުވަތަ 3345179 ނަންބަރާ ގުޅުއްވުން އެދެމެވެ.
10 ޝަޢުބާން 1436