ދިވެހިރާއްޖެ
އެންވައިރަމެންޓަލް އިންޕެކްޓް އެސްސްމެންޓް ( އީ.އައި.އޭ ) ހަދާދޭނެ ފަރާތެއް ހޯދުން
ކުޑަހުވަދޫ ބޮޑުތަކުރުފާނުމަގުގެ އުތުރުފަރާތުން ފެށިގެން ކުޑަހުވަދޫ ސްލިޕްވޭއާއި ދެމެދު އިރުމަތީފަރާތުން ގިރަމުންދާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތާއި ކުޑަހުވަދޫގެ ހުޅަނގު އުތުރު ފަރާތުގައިވާ ސަރަހައްދުން އިންޑަސްޓްރިއަލް މަސައްކަތްތަކަށް ބިމެއް ހިއްކުމުގެ މަސައްކަތް ކުރުމަށްޓަކާ ހަދަންޖެހޭ އީ.އައި.އޭ ހަދައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިދީފައިވާ މަޢުލޫމާތާއެއްގޮތަށް އަމަލުކުރުމަށް ދަންނަވަމެވެ.
- އަންދާސީ ހިސާބް ހުށައަޅާ ފަރުދަކީ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް ހެދުމަށް ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓްރީކޮށްފައިވާ ފަރުދަކަށްވުން.
- ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 29 ޖުލައި 2024 އިން 05 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އޮންލައިންކޮށް ބީލަން ރަޖިސްޓްރީ ކުރުން އެދެމެވެ. ބީލަން ރަޖިސްޓްރީ ކުރުމުގެ އަގަކީ 150.00ރ އެވެ.
- އޮންލައިންކޮށް ފައިސާ ދެއްކެވުމަށްފަހު، ފައިސާ ޓްރާންސްފަރ ކުރި ސްލިޕް އަދި ރަޖިސްޓްރޭޝަން ފޯރމް ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް މެއިލްކުރުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
- ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަން ފޮތް މެއިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 8 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން އިއުލާން ގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
- އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 13 އޯގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 11:00ގައި ކުޑަހުވަދޫ ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ.
- ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
- އެކައުންޓް ނަންބަރު: 7730000135156
- އެކައުންޓް ނަން: 1430 Revenue 1
- ޓްރާންސްފާރ ސްލިޕް ފޮނުވާނެ ނަންބަރ : 9781899
- އީމެއިލް: [email protected]
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.