ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ބައު ހުކުރު މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު:

     

 މި އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތައް އަމިއްލަ ތަކެތީގައި ކުޑަހުވަދޫ ބައު ހުކުރު މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައި ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާނުކުރީމެވެ.

  • މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
  • ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 29 ޖުލައި 2024 އިން 06 އޮގަސްޓް 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން  އޮންލައިންކޮށް ބީލަންރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ރަޖިސްޓްރީ ކުރުމުގެ އަގަކީ 150.00ރ އެވެ.
  • އޮންލައިންކޮށް ފައިސާ ދެއްކުމަށްފަހު ފައިސާ ޓްރާންސްފަރ ކުރި ސްލިޕް އަދި ރަޖިސްޓްރޭޝަން ފޯރމް ތިރީގައިވާ މެއިލް އެޑްރެހަށް މެއިލްކުރުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
  • މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަންފޮތް މެއިލްކުރެވޭނެއެވެ.
  • މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ބާއްވާ ސައިޓް ވިޒިޓިން އޮންނާނީ 8 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައެވެ. ސައިޓް ވިޒިޓިންއަށް ޚާޟިރުވާނީ ކުޑަހުވަދޫ ބައު ހުކުރު މިސްކިތަށެވެ.
  • މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 8 އޮގަސްޓް 2024 ވާ  ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ބީލަންފޮތުގައިވާ އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
  • އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 15 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި ކުޑަހުވަދޫ ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.

- ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ

- އެކައުންޓް ނަންބަރު: 7730000135156

- އެކައުންޓް ނަން: 1430 Revenue 1

- ފޯން : 9781899

- އީމެއިލް: [email protected]

29 ޖުލައި 2024
ހޯދާ