ދިވެހިރާއްޖެ
ވ.ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތްކުރާ ކޮޓަރީގައި ކާޕެޓް އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން:
މި ކޯޓުން ފޯރުކޮށްދޭ މައްލޫމާތާއި ކުރެހުމާއި އެއްގޮތަށް ވ.ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތްކުރާ ކޮޓަރީގައި ކާޕެޓް އެޅުމަށް ބޭނުންވެއްޖެއެވެ. މިމަސައްކަތަށް ބޭނުންވާ ކާޕެޓް، އަންޑާ ލޭޔާރ، ކާޕެޓްގެ ޖޮއިންޓް ޓޭޕް އަދި ދޮރުކައިރީގައި އަޅާފަތި ފޯރުކޮށްދޭނީ މިކޯޓުންނެވެ.
މި މަސައްކަތާބެހޭ މަޢްލޫމާތު ސާފުކޮށްދިނުން 4 އޮގަސްޓް 2024 ވާ އާދިއްތަ ދުވަހު ވ.ކެޔޮދޫ މެޖިސްޓްރޭޓް ކޯޓާއި، މި ކޯޓުގައި އޮންނާނެއެވެ. އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމު އީމެއިލް ކުރާނީ 4 އޮގަސްޓް 2024 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން info@v-keyodhoo.court.gov.mv އަށެވެ.
ބީލަން ހުށަހަޅާނީ 7 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ 11:00 އަށް ވ. ކެޔޮދޫ މެޖިސްޓްރޭޓް ކޯޓަށެވެ.
މި މަސައްކަތުގެ މަޢްލޫމާތުޝީޓާއި އަންދާސީ ހިސާބު ހުށަހަޅާފޯމު އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފޯމް އިޢްލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.
ބީލަން ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ ބީލަމާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.