ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ:
ދ.ކުޑަހުވަދޫ މަސްޖިދުއްޞިއްދީޤު މިސްކިތުގެ އެތެރެބައިގައި އަމިއްލަ ތަކެތީގައި ކާޕެޓް އަޅައިދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު: B-381/I-2015/25ފ(12 މޭ 2015) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ 3 އަންދާސީހިސާބުގެ ތެރެއިން 2 އަންދާސީހިސާބުގައި ހުށަހަޅަންޖެހޭ ވަރަށް މަޢުލޫމާތު ހުށަހަޅާފައިނުވާތީ 3 އަންދާސީހިސާބު ބާޠިލުކޮށްފީމެވެ. އަދި އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތްތައް
1- މިސްކިތުގެ 3 ފެންޑާބައި ފިޔަވައި މިސްކިތުގެ އެތެރެބައި މިހުރާބުގެއާއެކު ކާޕެޓް އެޅުން،
2- މިސްކިތުގެ މިހާރުހުރި ސަފުތައް ފާހަގަކުރުން،
3- ކާޕެޓްގަނޑު ތަޅުމުގައި ރަނގަޅަށް ހަރުކުރުން،
4- ކާޕެޓްތަކުގެ ވަށައިގެން މިސްކިތުގެ ފާރުތަކުގައި ލަކުޑި ބޯޑަރު އެޅުން.
- މަސައްކަތާ ގުޅިގެން ދެވޭ މަޢުލޫމާތު ކަރުދާސް 2015 މޭ 31 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް ރަސްމީ ދުވަސްތަކުގައި މިއިދާރާއިން ލިބެން ހުންނާނެއެވެ.
- މަސައްކަތާ ގުޅިގެން ބާއްވާ ޕްރީބިޑްމީޓިންގ އޮންނާނީ 2015 މޭ 31 ވަނަ ދުވަހުގެ 14:00ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގެ ސެމިނަރ ހޯލް 2 ގައެވެ.
- އަންދާސީހިސާބު ހުޅުވުން އޮންނާނީ 2015 މޭ 24 ވަނަ ދުވަހުގެ 10:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގެ ސެމިނަރ ހޯލް 2 ގައެވެ.
- މަޢުލޫމާތު ނުނަގާ ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
- ބީލަމުގެ ޞައްޙަކަން މަދުވެގެން 45 ދުވަހަށް އޮންނަންވާނެއެވެ.
- ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
- މަސައްކަތް ހަވާލުކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށް ފަހުގައެވެ.
- ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.
މަސައްކަތުގެ ޖުމުލަ އަގު |
70% |
މުއްދަތު |
20% |
މާލީގޮތުން އެކަންކުރެވޭފަދަ ފެންވަރުހުރުން |
5% |
ފަންނީ ޤާބިލުކަން ހުރި މިންވަރަށް |
5% |
އިތުރު މަޢުލޫމާތު، މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
07 ޝަޢުބާން 1436