ދިވެހިރާއްޖެ
ރަށުގެ ދެކުނުކޮޅު ސިނާޢީ ސަރަހައްދުގައިވާ 2000 އަކަފޫޓުގެ 10 ބިން ބިޑް އުޞޫލުން ކުއްޔަށް ދޫކުރުމަށް ކުރެވިފައިވާ މިއިދާރާގެ ނަންބަރު (IUL)388-PRO/388/2024/39 (17 އޭޕްރީލް 2024) އިޢުލާން ބާޠިލްކޮށް އިޢުލާނުކުރަމެވެ.
ރަށުގެ ދެކުނުކޮޅު ސިނާޢީ ސަރަހައްދުގައިވާ 2000 އަކަފޫޓުގެ 10 ބިން ބިޑް އުޞޫލުން 20 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ނިންމާފައިވާތީ، ބިންކުއްޔައްނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.
ރަށުގެ ސިނާއީ ސަރަހައްދުން ބިން ދޫކުރުމާއިގުޅޭ މައުލޫމާތު ޝީޓާއި ބިޑްރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް އަދި ބިޑް ހުށަހަޅާ ފޯމް މިއިދާރާއިންނާއި ގެޒެޓުން ލިބެންހުންނާނެއެވެ. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 8 އޮގަސްޓް 2024 ވާ ދުވަހުގެ 10:00 ގެ ކުރިން މިކައުންސިލަށް ދުރުވެ ނުވަތަ [email protected] މެއިލްއަށް ބިޑްރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހަޅައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަށް ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. މިބީލަމާއިގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން 12 އޮގަސްޓް 2024 ވަނަ ދުވަހުގެ 10:00 ގައި ވަންދޫ ކައުންސިލް އިދާރާގައި އޮންނާނެއެވެ. ބިޑް ހުށަހެޅުމާއި ބިޑްތައް ހުޅުވުން އޮންނާނީ 18 އޮގަސްޓް 2024 ވަނަ ދުވަހުގެ 10:00 ގައި ވަންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މިއިޢުލާނާއި ގުޅިގެން ހުށަހަޅާ ބިޑުތަކުގެ ތެރެއިން ގަޑިއަށް ހުށަހަޅާފައިނުވާ ބިޑްތަކާއި މައުލޫމާތު ފުރިހަމަ ނުވާ ބިޑްތައް ބާޠިލް ކުރެވޭނެއެވެ.
ބިން ދޫކުރާ ބޭނުން | ލުއިސިނާއީ މަސައްކަތް (ގުދަން، ގަރާޖް، ވާރކްޝޮޕް، ސިމެންތި ގައުއެޅުން، ވަޑާންގެ އަދި މަސްވެރިކަމާއި ގުޅުންހުރި މަސައްކަތް) | |
ބިންދޫކުރާ ސަރަހައްދު | ސިނާއީ ސަރަހައްދު | |
ބިންދޫކުރާ މުއްދަތު | 20 އަހަރު | |
ދޫކުރާ ބިމުގެ އަދަދު | 10 | |
ދޫކުރާ ބިމުގެ ސައިޒް | 2000 އަކަފޫޓު ('40×'50) | |
|
20 ލާރި | |
އިސްކަންދޭނޭ އުސޫލު | ބީލަން ހަވާލުކުރާއިރު ދައުލަތުގެ އޮފީސްތަކުން ކުރިޔައްގެންދާ ބީލަންތަކުގައި ވަކިވަކި ފަރާތްތަކާއި ދާއިރާތަކަށް އިސްކަންދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު (2022/G-23) 6 ޖުލައި 2022 އަށް ރިއާޔަތްކުރެވޭނެއެވެ | |