ދިވެހިރާއްޖެ
އިޢުލާން
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރެއިން ކޮންމެ އަހަރަކުވެސް ދެމުންއަންނަ ތިރީގައިވާ އިނާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެޖަމުޢިއްޔާއިން ޢާއްމުކޮށް ވަނީ ހުޅުވާލާފައެވެ.
- ސަސަކަވާ ހެލްތު ޕްރައިޒް
- ޔުނައިޓެޑް އަރަބް އެމިރޭޓްސް ހެލްތު ފައުންޑޭޝަން ޕްރައިޒް
- ސްޓޭޓް އޮފް ކުވައިތު ހެލްތު ޕްރޮމޯޝަން ފައުންޑޭޝަން، "ހިޒް ހައިނެސް ޝައިޚް ޞަބާޙް އަލް-އަޙްމަދް އަލް-ޖާބިރް އަލް-ޞަބާޙް ޕްރައިޒް ފޮރ ދަ ޕްރޮމޯޝަން އޮފް ހެލްތީ އޭޖިންގ"
- ޑރ. ލީ ޖޮންގ-ވޫކް މެމޯރިއަލް ޕްރައިޒް ފޮރ ޕަބްލިކް ހެލްތު
- ނެލްސަން މަންޑެލާ އެވޯޑު ފޮރ ހެލްތު ޕްރޮމޯޝަން
މަތީގައިވާ އިނާމުތަކުގެ ތެރެއިން ކޮންމެ އިނާމަކަށްވެސް މެމްބަރު ޤައުމަކުން ހުށަހެޅެނީ 1 (އެކެއް) ފަރާތުގެ ނަމެވެ. ނަން ހުށަހަޅާއިރު އެފަރާތްތަކުން ކޮށްފައިވާ މަސައްކަތްތަކާއި ހުށަހަޅާ ލިޔެކިޔުންތަކަށް ރިޢާޔަތްކުރެވޭނެއެވެ.
ވީމާ، މި އިނާމުތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު، 01 ސެޕްޓެމްބަރު 2024 (އާދީއްތަ) ދުވަހުގެ 12:00ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ޕޮލިސީ އިމްޕްލިމަންޓޭޝަން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ޑިވިޜަން އަށް އެޑްރެސްކޮށް ފޯމު ހުށަހެޅުމަށް އެދި ދެންނެވީމެވެ. އަދި މި ޑިވިޜަންގެ އީމެއިލް ([email protected]) މެދުވެރިކޮށްވެސް ފޯމު ހުށަހެޅިދާނެއެވެ.
މި އިނާމުތަކާބެހޭ އިތުރު މަޢުލޫމާތާއި އެޕްލިކޭޝަން ފޯމް ތިރީގައިވާ ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ. https://apps.who.int/gb/awards/)) މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ޕޮލިސީ އިމްޕްލިމެންޓޭޝަން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ޑިވިޜަން (3014375) އަށް ގުޅުއްވުން އެދެމެވެ.