ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ ޤްރުޢާން މުބާރާތް 1446

 29 އޮގަސްޓް 2024 ވަނަ ދުވަހު "ކޮޅުމަޑުލު ވަންދޫ ކައުންސިލް ޤުރުޢާން މުބާރާތް" ގެ ނަމުގައި ޤުރުޢާން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތުގެ މައިގަނޑު މަޤްޞަދަކީ ކޮޅުމަޑުލު ވަންދޫ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ކީރިތި ޤުރުއާނަށް އޮންނަ ޝައުޤުވެރިކަމާއި ލޯބި އިތުރުކޮށް،ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ރީތިކޮށް ޤުރުޢާން ކިޔެވުމުގެ އާދަ ރަށުގެ ރައްޔިތުންގެމެދުގައި އާލާކުރުމެވެ. މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބަލައިގެން އަދި ހިތުން ކިޔެވުމުގެ ބައިންނެވެ. މިމުބާރާތް ޢާއްމުކޮށް ހުޅުވާލެވިފައިވަނީ ކޮޅުމަޑުލު ވަންދޫގެ ރަށްވެހިންނަށާއި ޢާންމުކޮށް ވަންދޫގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށެވެ.

         މިމުބާރާތުގައި ބައިވެރިވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 22 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިމިވާ ލިންކް މެދުވެރިކޮށް ފޯމް ހުށައެޅުންވުން އެދެމެވެ.

https://www.voshufila.com/52/participate

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރ 7980047 ނުވަތަ 6780041 ފޯނާގުޅުއްވުންއެދެމެވެ.

 

                        ވީމާ,މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

28 ޖުލައި 2024
ހޯދާ