މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ޒަކާތުގެ މަސައްކަތްކޮށްދޭނެ މީހުން ހޯދުމަށް

ޒަކާތުގެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓް 20 މީހުން ހޯދުން

1435 ވަނަ އަހަރުގެ މުދަލުޒަކާތް ބެހުމާއި، 1436 ވަނަ އަހަރުގެ ފިތުރު ޒަކާތް ނަގައިި، ބެހުމުގެ މަސައްކަތް ކުރުމަށްޓަކައި ކޮންޓްރްކްޓް އުސޫލުން މަސައްކަތް ކޮށްދޭނެ މީހުން ހޯދަން ބޭނުންވެެއެވެ.

ބޭނުންވާ މީހުންގެ އަދަދު: 20

މަސައްކަތްް ކުރަން ބޭނުންވާ މުއްދަތު: ގާތްގަޑަކަށް 35 ދުވަސް (14 ޖޫން 2015 އިން ފެށިގެން)

އެލަވަންސް:

(ހ) ފައިސާ ނެގުމާއި، ދޫކުރުމުގެ މަސައްކަތް ކުރާ މީހަކަށް ދުވާލަކަށް -/250 ރުފިޔާ

(ށ) ނަންނޯޓް ކުރުމާއި، އިދާރީ އެހެން މަސައްކަތް ކުރާ މީހަކަށް ދުވާލަކަށް  

މަސައްކަތު ގަޑި: 

(ހ) ރަމަޟާންމަހު ހެނދުނު 10:00 އިން 15:00 އަށް.

(ށ) ރަމަޟާންމަސް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 8:00 އިން 15:00 އަށް. 

ފެންވަރ ނުވަތަ ޝަރުޠު: ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުމާއެކު ކޮމްޕިއުޓަރުން މަސައްކަތްކުރުމަށް ފަރިތަވުން. އަދި ތާނަ ޓައިޕްކުރުމަށް އެނގުން.

އިތުރު ގަޑީގެ ފައިސާ:ކަނޑައެޅިފައިވާ ގަޑީގެ އިތުރަށް މަސައްކަތްކުރާ ކޮންމެ ގަޑަިއަކަށް -/30 ރުފިޔާ.

މީހުން ހޮވުމުގައި އިސްކަންދޭކަންތައްތައް:

(ހ) ފައިސާއާ ބެހޭ މަސައްކަތުގައި އުޅެފައިވުން

(ށ) ކުރީގެ އަހަރުތަކުގައި މި މިނިސްޓްރީގައި މިމަސަައްކަތުގައި އުޅެފައި ވުން

(ނ) ކޮމްޕިއުޓިންގެ މަސަައްކަތަށް އަހުލުވެރިވެފައިވާ މިންވަރު.

ވީމާ، މިމަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްްތަކުން މަސައްކަތް ކުރުމަށް އެދިލައްވާ ފޯމު ފުރުއްވައި 04 ޖޫން 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި މިނިސްޓްރީއަށް ފޯމު ހުށަހެޅުއްވުން އެެދެމެވެ. މިފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓް www.islamicaffairs.gov.mv އިން ލިބެން ހުންނާނެއެވެ. 

ފޯމާއެކު އައި.ޑީ. ކާޑުގެ ކޮޕީއަކާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަންވަންވާނެއެވެ.

07 ޝަޢުބާން 1436

25 މޭ 2015
ހޯދާ