މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީގެ ބ.އޭދަފުށި ބްރާންޗްގައި ހުރި ބައުވެ ހަލާކުވެފައިވާ މޭޒެއް ނީލަމުގައި ވިއްކާލުން

މި އޮތޯރިޓީގެ ބ.އޭދަފުށި ބްރާންޗްގައި ހުރި ބައުވެ ހަލާކުވެފައިވާ މޭޒެއް ދުވަހު ނީލަމުގެ އުޞޫލުން ނީލަން ކިޔުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، ނީލަމުގައި ބައިވެރިވެ ވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 6 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި ބ.އޭދަފުށީ އަތޮޅުގެއަށް ވަޑައިގެން ދެއްވުންއެދެމެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކާޑުގެ ސާފު ކޮޕީއެއް އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

ނީލަން ކިޔުމަށް ހަމަޖެހިފައިވާ މޭޒުގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 3339513/7956111 ނަންބަރު ފޯނަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ފައިސާ ދެއްކުމަށްފަހު، ލަސްވެގެން 5 ދުވަހުގެ ތެރޭގައި މޭޒު ގެންދަވަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންދަވައިފިނަމަ މޭޒު އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

28 ޖުލައި 2024
ހޯދާ