މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއަށް ބޭނުންވާ ޕެޓްރޯލް އަދި ޑީސަލް 2 އަހަރު ދުވަހުގެ މުއްދަތަށް ކްރެޑީޓަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

          ނަންބަރު: (IUL)491-CDS3/491/2024/88

 

އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއަށް ބޭނުންވާ ޕެޓްރޯލް އަދި ޑީސަލް 2 އަހަރު ދުވަހުގެ މުއްދަތަށް ކްރެޑީޓަށް ސަޕްލައި ކޮށްދޭނެ ފަރާތެއްހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  މި މިނިސްޓްރީ އަށް ބޭނުންވާ ޕެޓްރޯލް އަދި ޑީސަލް 2 އަހަރު ދުވަހުގެ މުއްދަތަށް ކްރެޑީޓަށް ސަޕްލައި ކޮށްދޭނެ  ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރު (IUL)491-CDS3/491/2024/79   އިޢުލާނަށް އެކަށީގެންވާ ތަރުހީބު ލިބިފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހުޅުވާލަމެވެ.

 

  • އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން 04 އޮގަސްޓް 2024، އާދީއްތަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ތިރީގައިވާ އީމެއިލް އެޑުރެސް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

 

  • ބީލަމާއިގުޅޭ މަޢުލޫމާތު ސެޝަން 31 ޖުލައި 2024 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

  • ބީލަންހުށަހެޅުމާއި ބީލަންހުޅުވުން އޮންނާނީ 06 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 10:00 ގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގައެވެ. ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ ފަދައިން ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާޠިލް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

  މިމަސައްކަތާއިގުޅޭ މަޢުލޫމާތު ޝީޓް މިވުޒާރާގެ ވެބްސައިޓް www.infrastructure.gov.mv ގައި އަދި މިއިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢުކޮށްފައިވާނެއެވެ.

 

   އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  • މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
  • އަމީނީ މަގު، މާފަންނު
  • ކ.މާލެ، 20392
  • އީމެއިލް: [email protected]

                             

                                      22 މުޙައްރަމް 1446ހ.

                             

28 ޖުލައި 2024
ހޯދާ