ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ 24 ވަނަ ބިޑުކޮމެޓީ ޖަލްސާގެ ނިންމުން އާންމުކުރުން
އިޢުލާން
ތާރީޚް: 28 ޖުލައި 2024 |
ނަންބަރ: (IUL)327-A/327/2024/208 |
ބިޑުކޮމެޓީގެ ނިންމުން އާންމުކުރުން |
ތިރީގައި އެވަނީ 27 ޖުލައި ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2024 ވަނަ އަހަރުގެ 24 ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.
- ނައިފަރު ބަނދަރުގައި ހުރި ޔުޓިލިޓީ އައުޓްލެޓްތަކަށް ކަރަންޓް ކޭބަލް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)327-A/327/2024/198 އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅާފައިވަނީ އެންމެފަރާތަކުންކަމާއި މި ފަރާތުން ހުށަހަޅާފައިވާ ރެޖިސްޓްރޭޝަން ސެޓްފިކެޓްއަކީ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްއެއް ކަމަށްވާތީވެ ބީލަން ފުރިހަމަނުވާތީވެ، ބީލަން ބާތިލްކޮށް އަލުން އިޢުލާން ކުރަން ފެންނަކަމަށް ނިންމުން.
- ޅ. ނައިފަރު މަލްޓިޕާރޕަސް ބިލްޑިންގގެ ހޯލް އިންޓީރިއާ ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް ކުރެވުނު ނަންބަރު (IUL)327-A/327/2024/115 އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅާފައިވަނީ އެންމެފަރާތަކުންކަމާއި މި ފަރާތުން އެކަށީގެންވާ ކޮންސެޕްޓްއެއް ހުށަހަޅާފައި ނުވާތީވެ، ބީލަން ބާތިލްކޮށް އަލުން އިޢުލާން ކުރަން ފެންނަކަމަށް ނިންމުން.
- ޅ.ނައިފަރުގައި ތަރައްޤީކުރާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ތަކެތި ހޯދުމަށް 2 ވަނަ ފަހަރަށް ކުރެވުނު ނަންބަރު (IUL)327-A/327/2024/188 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުން އެނެކްސް 2 ގައި ހުށަހަޅަން ބަޔާންކޮށަފައިވާ ސްޕެސިފިކޭޝަން އަދި ކޮޓޭޝަންގައިވާ ފޮޓޯ އަދި ސައިޒް ހުށަހަޅާފައި ނުވާތީވެ، އިވެލުއޭޝަން ކޮމެޓީގެ ރިކޮމެންޑޭޝަންއާއި އެއްގޮތަށް މަޢުލޫމާތު ކަރުދާހުގައި ދީފައިވާ އާންމު އިރުޝާދަށް އެއްވެސް ފަރާތަކުން އަމަލު ކޮށްފައި ނުވުމުގެ ސަބަބުން ބީލަން ބާތިލްކޮށް އަލުން އިޢުލާން ކުރަން ފެންނަކަމަށް ނިންމުން.
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
28 ޖުލައި 2024
28 ޖުލައި 2024
ހޯދާ