މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަހައްދުން ތެޔޮބިން ކުއްޔަށް ދޫކުރުން

އިޢުލާން

ބަނދަރު ސަރަހައްދުން ތެޔޮބިން ކުއްޔަށް ދޫކުރުން

މި އިދާރާގެ ނަމްބަރ: (IUL)365-MIM/2024/61 (14 ޖުލައި 2024) އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދެއްވާފައިނުވާތީ އެ އިޢުލާން ބާތިލްކޮށް، އަލުން މިރަށު ބަނދަރު ސަރަހައްދުން 2000 އަކަފޫޓުގެ ބިމެއް ތެޔޮވިއްކުމަށްޓަކައި ކުއްޔަށްދޫކުރަން އިޢުލާން ކުރަމެވެ.

ވީމާ، ބަނދަރު ސަރަހައްދުގައި ތެލުގެ ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 އޮގަސްޓް 06 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ރަޖިސްޓްރޭޝަން ފޯމު މި އިދާރާގެ ކައުންޓަރުން ނަންގަވާ ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދެވޭނެއެވެ.

 

ތާރީޚް

ދުވަސް

ގަޑި

އަންދާސީ ހިސާބު ހުށަހެޅުން (ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި)

14 އޮގަސްޓް 2024

ބުދަ

 

13:00

 

 ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް

  1. ހުށަހަޅާ އަގަށް: %70 (ހަތްދިހަ އިންސައްތަ) (އެންމެ ބޮޑު އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
  2. މާލީ ޤާބިލްކަން: %20 (ވިހި އިންސައްތަ) (ހުށަހެޅި އަގުގެ %20 އަށްވުރެ ދަށްނަމަ އެއްވެސް ޕޮއިންޓެއް ނުދެވޭނެއެވެ)
  3. ތަޖުރިބާ: (ދިހައެއް އިންސައްތަ) (ގުޅުންހުރި ޕްރޮޖެކްޓް ތަކަށް އެކަނި)

                    ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                   

28 ޖުލައި 2024
ހޯދާ