ދިވެހިރާއްޖެ
ނަންބަރ: (IUL)258/258/2024/59
އިޢުލާން
ކުނިވާޒާތުގެ ކުނި އެކަމަށް ޚާއްޞަ ކުރެވިފައިވާ ހަޓުތަކުގައި ބަހައްޓާފައިވާ ޑަސްބިންތަކަށް އެޅުން.
ހަނިމާދޫ ކައުންސިލުން ރަށުގެ އާއްމު ސާފުތާހިރުކަން ތަރައްޤީކޮށް އާއްމުސިއްޙަތަށް އެންމެ ރައްކާތެރިގޮތަށް ކުނިނައްތާލުމުގެ ގޮތުން "ރަށުގައި އުފެދޭ ކުނިވާޒާތުގެ ކުނި" ގޭބިސީތަކުން މިހާރު އަޅަމުންގެންދަނީ މިކައުންސިލުން އެބާވަތުގެ ކުނި އެޅުމަށް ރަށުގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ޑަސްބިންތަކަށެވެ. މިގޮތަށް ޑަސްބިންތަކަށް ކުނިއަޅާއިރު ބައެއް ފަރާތްތަކުން ޑަސްބިނުގެ ބޭރަށާއި، ޑަސްބިން ހުންނަ ސަރަހައްދަށް ކުނިވާޒާތުގެ ކުންޏާއި އެހެނިހެން ކުނި ގިނަޢަދަދަކަށް އަޅަމުން ގެންދާކަން ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. އަދި ބައެއް ހޮޓާތަކާއި، ކެފޭ، ރެސްޓޯރެންޓްތަކާއި، ގެސްޓްހައުސް ފަދަ ތަންތަނުން ޑަސްބިންތަކަށް ނުކަތާވަރަށް ޑަސްބިނުގެ ބޭރަށާއި، އެސަރަޙައްދު ޑަސްބިން ކައިރީގައި ކަޅުކޮތަޅުގައާއި ފޮށިގަނޑުފަދަ ތަކެތީގައި ބަހައްޓަމުންދާކަންވަނީ ފާހަގަކުރެވިފައެވެ.
ވީމާ، 2024 އޮގަސްޓް 01 ވަނަ ދުވަހުންފެށިގެން ކުނިވާޒާތުގެ ކުނި އަޅަންވާނީ ކައުންސިލުން ޤާއިމުކޮށްފއިވާ ޑަސްބިން ހަޓުތަކުގައި ބަހައްޓާފައިވާ ޑަސްބިންތަކަށެވެ. އަދި ދަންނަވަމެވެ. ކުނިވާޒާތުގެ ކުނިއެޅުމަށް ޚާއްޞަ ކުރެވިފައިވާ ޑަސްބިންތަކަށް އަޅަންވާނީ ބަދިގޭގައި އުފެދޭ ކާބޯތަކެތީގެ ތެރެއިން ކުނިވާޒާތުގެ ތަކެތި އެކަނި ކަމުގައިވެސް ދެންނެވީމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
22 މުޙައްރަމް 1446
28 ޖުލައި 2024