އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ސިއްކަ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ކައުންސިލްގެ ސިއްކަ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި ކުރި ނަންބަރު: IUL)234-A/234/2012/4) އިޢުލާނާ ގުޅިގެން، އެކަށީގެންވާ ސިއްކައެއް ހުށަހަޅާފައި ނުވުމުގެ ސަބަބުން، ސިއްކަ ފަރުމާކުރުމުގެ ފުރުޞަތު އަލުން ޢާންމުކޮށް ހުޅުވާލަމެވެ. ހުށަހަޅާ ސިއްކައިގެ ތެރެއިން މި ކައުންސިލްގައި ބޭނުންކުރުމަށް ހޮވޭ ސިއްކަ ހުށަހެޅި ފަރާތަކަށް -/3000 ރ. (ތިންހާސްރުފިޔާ) ގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

ސިއްކަ ފަރުމާ ކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް

  1. ކޮޕީއަކަށް ނުވުން.
  2. އެއްވެސް ސިޔާސީ ޕާޓީއެއް ރަމްޒުކޮށްދޭ އެއްޗަކަށް ނުވުން.
  3. އަތޮޅުގެ ޤަދީމީ ތާރީޚު ނުވަތަ އަތޮޅަށް ނިސްބަތްވާ ޚާއްޞަ ސިފައެއް ރަމްޒުކޮށްދޭ އެއްޗަކަށްވުން.
  4. ކަޅާއި ހުދުންވެސް ބޭނުންކުރެވޭ އެއްޗަކަށްވުން.
  5. 20mm x 20mm އަށް ކުޑަކުރުމުން ސިއްކައިގެ އަސްލު ނުގެއްލުން.
  6. ހުށަހަޅާ ސިއްކައިގެ ކުލަ އަދި ބްލެކް އެންޑް ވައިޓް ހާޑްކޮޕީއާއި ސޮފްޓްކޮޕީ (ސޮފްޓްކޮޕީގެ ގޮތުގައި އޭގެ އޮރިޖިނަލް އަދި ވެކްޓަރ ފައިލްސް) ހުށަހަޅަންވާނެއެވެ.
  7. ސިއްކައިން ރަމްޒުކޮށްދޭ އެއްޗެއް ހުށަހެޅުން.

ވީމާ، މިކައުންސިލްގެ ސިއްކަ ފަރުމާ ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ޖޫން 2015 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ފަރުމާކޮށްފައިވާ ސިއްކައާއި، ސިއްކަ ފަރުމާކުރެއްވި ފަރާތުގެ ވަނަވަރު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "އދ. އަތޮޅު ކައުންސިލްގެ ސިއްކަ ފަރުމާކުރުން" ޖައްސަވަންވާނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާ ފަރާތްތަކުން މިއިދާރާގެ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

8 ޝަޢުބާން 1436

26 މޭ 2015
ހޯދާ