މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމެންޓް އާއި ޕޮލިއުޝަން ކޮންޓްރޯލް ސެކްޓަރގެ ހިއުމަން ރިސޯސް ކެޕާސިޓީ ބިލްޑިންގ އެސެސްމެންޓެއް ހެދުމުގެ ކޮންސަލްޓެންސީ ޙިދުމަތް (ފާރމް)

 

(IUL)438-MCEP/438/2024/301:ނަމްބަރު

ވޭސްޓް މެނޭޖްމެންޓް އާއި ޕޮލިއުޝަން ކޮންޓްރޯލް ސެކްޓަރގެ ހިއުމަން ރިސޯސް ކެޕާސިޓީ ބިލްޑިންގ އެސެސްމެންޓެއް ހެދުމުގެ ކޮންސަލްޓެންސީޙިދުމަތް (ފާރމް)

ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯޒަލް ހުށަހެޅުމުގެދައުވަތު

ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށްޓަކައި ވޯރލްޑް ބޭންކުގެ ހިލޭ އެހީގައި މި މިނިސްޓްރީއިން ހިންގާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ދަށުން ވޭސްޓް މެނޭޖްމެންޓް އާއި ޕޮލިއުޝަން ކޮންޓްރޯލް ސެކްޓަރގެ ހިއުމަން ރިސޯސް ކެޕާސިޓީ ބިލްޑިންގ އެސެސްމެންޓެއް ހެދުމުގެ ކޮންސަލްޓެންސީޙިދުމަތް ފޯރުކޮދޭނެ ފާރމްއެއް ހޯދުމުށް ބޭނުންވެއެވެ. ވީމާ މި ޙިދުމަތް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތުހުޅުވާލަމެވެ.

އިތުރު މައުލޫމާތު މިޢުލާނާއި އެކު ގެޒެޓުގައި ޝާއިޢު ކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ރިކުއެސްޓް ފޯ ޕްރޮޕޯސަލް ޑޮކިޔުމަންޓްގައި ތަފްސީލު ކުރެވިފައިވާނެއެވެ.

މި މަސައްކަތައް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތަފްސީލު ޓީ.އޯ.އާރްގެ (8). ކޮލިފިކޭޝަން އެންޑް އެކްސްޕީރިއެންސް ގައި ތަފްސީލު ކުރެވިފައިވާނެއެވެ. އަދި އިވެލުއޭޝަން ކްރައިޓީރިޔާ ޓީ.އޯ.އާރްގެ (9) އިވެލުއޭޝަން ކްރައިޓީރިއާގައި ވާނެއެވެ.

ޕްރޮޕޯޒަލްގައި ހިމަނަން ޖެހޭ ލިއެކިއުންތައް ރިކުއެސްޓް ފޮރ ޕްރޮޕޯސަލް ޑޮކިޔުމެންޓްގެ ޑާޓާ ޝީޓްގައި ބަޔާންކުރެވިފައިވާނެއެވެ. ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯސަލް ހުށަހަޅަންވާނީ ވަކި ވަކިންނެވެ.

މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނީ ކޮލިޓީ އެންޑް ކޯސްޓް ބޭސްޑް ސިލެކްޝަން އުސޫލުން، ވާރލްޑް ބޭންކްގެ "ޕްރޮކިޔުމަންޓް ރެގިޔުލޭޝަންސް ފޮރ އައި.ޕީ.އެފް ބޮރޮވަރސް "(ޖުލައި (2016) ޕްރޮކިޔުމަންޓް ރެގިޔުލޭޝަންސް)ގެ އުޞޫލުންނެވެ.

މި މަސައްކަތްއް ޖޮއިންޓް ވެންޗަރ ނުވަތަ ސަބް-ކޮންސަލްޓެންސީ އުސޫލުން ޕްރޮޕޯޒަލް ހުށަހެޅިދާނެއެވެ. އަދި މި އުސޫލުގެ ދަށުން ބީލަން ހުށަހަޅާނަމަ، އެކަން އަނގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.

ސުންގަޑި

ފައިނޭންޝަލް އަދ ޓެކްނިކަލް ޕްރޮޕޯސަލް ހުށަހަޅާނީ2024 އޯގަސްޓް 8 ވާ ބުރާސްފަތި ދުވަހު 11:00 ގެ ކުރިން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ތިރީގައި ދަންނަވާފައިވާ އެޑްރޭހަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ޕްރޮޕޯސަލް އަނބުރާ ރައްދު ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 2024 އޮގަސްޓް 6 ވާ އަންގާރަ ދުވަހު 12:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި މަސައްކަތުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް[email protected]

އެޑްރެސް:

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ވޭސްޓް މެނޭޖްމެންޓް އެންޑް ޕޮލިޔުޝަން ކޮންޓްރޯލް ޑިޕާރޓްމެންޓް،

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ،

ސާފު ރާއްޖެ ބިލްޑިންގް/ ބޮޑުތަކުރުފާނު މަގު / މާލެ، ދިވެހިރާއްޖެ

އީމެއިލް އެޑްރެސް: [email protected]

ފޯނު ނަންބަރު: 3018451 

25 ޖުލައި 2024
ހޯދާ