މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތުގެ ވަށާފާރު ރޭނުން

ބ. ފެހެންދޫ ފިރިހެނުންގެ މިސްކިތް (މަސްޖިދުލް އިޚްލާޞް) ގެ ވަށާފާރު ރޭނުން

މައިގަނޑު ތަކެތި ދިނުމުން މިއިދާރާއިން ދައްކާ ނަމޫނާއަކާ އެއްގޮތަށް ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، 07 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 10 ޖޫން 2015 ވާ ބުދަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " މަސްޖިދުލް އިޚްލާޞްގެ ވަށާފާރު ރޭނުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކަށް މާކްސް ދޭނެ ގޮތާއި، އަންދާސީހިސާބު ހުށަހަޅުއްވާއިރު ސަމާލުކަން ދެއްވަންވީ މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.

1 މާކްސް ދެވޭނެ ގޮތުގެ ތަފުސީލު

މާކްސް ދެވޭ ކްރައިޓީރިޔާ

މާކްސް ދެވޭ މިންގަނޑު

ތަފުސީލު

ފޯމިއުލަރ

އަގު

%80

  • އަގަށް ދެވޭ މާކްސް
  • މާކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާރކެއް ކަމުގައި ބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ދެވޭނީ އެންމެ ކުޑަ އަގަށެވެ.

Benchmark price/Submitted price x Allocarted percentage

މުއްދަތު

 10%
  • މުއްދަތަށް ދެވޭ މާކްސް
  • މާކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާރކެއް ކަމުގައި ބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށެވެ.

Benchmark price/Submitted

 

ތަޖުރިބާ

 10%
  • ތަޖުރިބާގެ ލިޔުންތައް ހުށަހަޅާފައިވާނަމަ (ޕްރޮފައިލް)

 

 2 ސަމާލުކަންދޭންވީ ކަންތައްތައް

  1 ތިރީގައިވާ މަރުޙަލާތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުގެ އަގުތައް ބަލައިނުގަނެވޭނެއެވެ.

  • މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތައް
  • މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަގުތައް
  • އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަގުތައް

  2 ހުށަހެޅިފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.

3 އަގާއެކު ހުށަހަޅަންޖެހޭ ތަކެތި

   1 އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ޞައްޙަ ކޮޕީ

   2 ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓަރީއާއި، އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް

4 އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ:

   ފޯން ނަންބަރު:          6600058

   ފެކްސް ނަންބަރު:        6600058

   އީމެއިލް: [email protected]

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.              

24 މޭ 2015
ހޯދާ