ލަންދޫ ސްކޫލް، ނ. ލަންދޫ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެން ކުރި ނަންބަރު:GS-119/2015/I-12 އިޢުލާނާ ގުޅިގެން ޝައުޤުވެރިކަން ފާޅުކުރި ފަރާތްތައް މަދުކަމުން އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ކުލައާއި ދަވާދު އައުކުރުމުގެ މަސައްކަތުގެ އަންދާސީހިސާބު ހޯދުން

ކުލައާއި ދަވާދު ދިނުމުން މި ސްކޫލުގެ ވަށާފާރާއި އިމާރާތްތަކުގައި ކުލައާއި ދަވާދު ލައިދިނުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މަޢުލޫމާތު ސާފުކުރައްވަވާ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  • މަޢުލޫމާތު ސާފުކުރުން:

    31 މޭ 2015 ވާ އާދީއްތަ ދުވަހުގެ 10:30 ގައި ލަންދޫ ސްކޫލުގެ އޮފީސްރޫމްގައި.

  • އަންދާސީހިސާބު ހުށަހެޅުން:

    4 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ލަންދޫ ސްކޫލުގެ އޮފީސްރޫމްގައި.

  • އަންދާސީހިސާބު އިވެލުއޭޓްކުރުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް:

#

ޕޮއިންޓްދިނުމުގައި ބެލެވޭނެ ކަންތައް

ޕޮއިންޓް

1

މަސައްކަތުގެ އަގަށް

70

2

މަސައްކަތުގެ މުއްދަތަށް

10

3

މާލީ ތަނަވަސްކަމާއި ފަންނީ ޤާބިލުކަމަށް

10

4

މަސައްކަތުގެ ތަޖުރިބާއަށް

10

 

ޖުމުލަ: (ސަތޭކަ)

100

އަންދާސީހިސާބު ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅުއްވާ ބޭފުޅުންގެ ކުރިމަތީގައި އަންދާސީހިސާބު ކޮމެޓީގެ މެމްބަރުންގެ ހާޒިރުގައެވެ. އަދި ދެންނެވިފައިވާ ގަޑިއަށް ހާޒިރުވެނުލައްވާ ބޭފުޅުންނަށް މަޢުލޫމާތު ސާފުކޮށްދެވޭކަށް ނޯންނާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބާއި މަޢުލޫމާތު ސާފުނުކުރައްވާ ބޭފުޅުންގެ އަންދާސީހިސާބުތައް ބަލައިގަނެވެންނޯންނާނެ ވާހަކަ ދަންނަވަމެވެ. އެއްގުރޫޕަކުން ނުވަތަ އެއްކޮމްޕެނީއަކުން ދެ އަންދާސީހިސާބު ހުށަހަޅާފައިވާނަމަ އެ ދެ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. ޕެންޑްރައިވް ނުވަތަ ސީ،ޑީ ގެންނަ ފަރާތްތަކަށް އަންދާސީހިސާބު މަޢުލޫމާތު އެރުވޭނީ ސޮފްޓްކޮޕީ ހިލެއެވެ. އަންދާސީހިސާބު މަޢުލޫމާތު ޕެކޭޖެއްގެ ހާޑްކޮޕީ ބޭނުންފުޅުވާނަމަ އަގަކީ -/10 (ދިހައެއް) ރުފިޔާއެވެ.

09 ޝަޢުބާން 1436

27 މޭ 2015
ހޯދާ