ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް ޕޫލަށް މީހުން ހޯދުމާއި ބެހޭ

އިޢުލާން

ވޭޖް ޕޫލަށް މީހުން ހޯދުން.

          ރަތަފަންދޫ މިސްކިތްތަކުގެ އިމާމުން، މުދިމުން އަދި މަސައްކަތުމީހުން އަހަރީ ޗުއްޓީއާއި އާއިލީ ޒިންމާޗުއްޓީ އަދި ސަލާމް ނަންގަވާ ޙާލަތްތަކުގައި ވަގުތީގޮތުން އެމަޤާމުތަކުގައި މަސައްކަތްކުރުމަށް އެކުލަވާލެވޭ ވޭޖްޕޫލްގައި ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލަމެވެ.

         ވީމާ، ވޭޖުޕޫލްގައި މަސައްކަތު މީހެއްގެ ގޮތުގައި ރަޖިސްޓަރީވުމަށް ޝައުގުވެރިވާ ފަރާތްތަކުން 05 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން ރަޖިސްޓަރީވުމަށް ބޭނުންވާ މަޤާމް ބަޔާންކޮށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އަދި ސިޓީއާއެކު އައިޑީކާޑުގެ ކޮޕީއާއި ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ ހުށަހެޅުއްވުންއެދެމެވެ.

ވޭޖް / ޕޫލް މަޤާމުތަކާއި އުޖޫރަ ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލް

#

މަޤާމް

ރޭންކު

މަސައްކަތްކުރާ ގަޑިއަކަށް

1

އިމާމު ސަނަދު އޮންނަމީހަކަށް (ނަމާދުކުރާ ވަގުތަކަށް)

GS3

61.00 ރުފިޔާ

2

މުދިމް ސަނަދު ނެއްމީހަކަށް  (ނަމާދުކުރާ ވަގުތަކަށް)

GS1

53.00 ރުފިޔާ

3

މަސައްކަތު             (ނަމާދު ވަގުތަކަށް)

SS1

45.00 ރުފިޔާ

          އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ރަސްމީ ބަންދުނޫން ދުވަސްދުވަހުގެ ހެނދުނު 9:30 އިން 12:30 އަށް މިއިދާރާގެ 6841626 ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ.

                     މިހެންވެ މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ޖުލައި 2024
ހޯދާ